ads
ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން
ޕޮލިސް ކޮމިޝަނަރު ނަވީން ފުލުހުންގެ މުއައްސަސާއިން ރިޓަޔާ ކުރައްވައިފި
މި ސަރުކާރުގެ ދެ ވަނަ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން, ގާތްގަނޑަކަށް 32 އަހަރުގެ ހިދުމަތަށް ފަހު މިއަދު ފުލުހުންގެ މުއައްސަސާއިން ރިޓަޔާކުރައްވައިފި އެވެ.
Advertisement

ނަވީން ފޭސްބުކްގައި ބުނީ ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ އެ ހިދުމަތަށް ވަތް ގޮތަށް ފުލުހުންގެ ބެޖަށް ކުރާ އިހުތިރާމާއި މުއައްސަސާއަށް ކުރާ އިތުބާރާއި ގައުމަށް އޮތް ލޯބި އަދި ވެސް އެގޮތަށް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ހިދުމަތްކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

ނަވީން ދިވެހި ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 1994 ޖުލައި 7 ވަނަ ދުވަހު އެވެ. ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި 32 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ތަފާތު އެކި ބަހާތަކުގައި މަސައްކަތް ކުރައްވާފައިވާފައިވެ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޯތަމްބްރިއާއިން މަތީ ތައުލީމު ހާސިލްކުރައްވާފައެވެ. 

ފުލުހުންގެ ހިދުމަތުން ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;