ads
އުމަރު ޒާހިރު ފޮޓޯ ސަން
އުމަރު ޒާހިރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި
ދިވެހިރާއްޖޭގެ ޤައުމީޙަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ނިޝާން ޢިއްޒުއްދީނުގެޢިއްޒަތުގެ ވެރިޔާ، މާފަންނު މެރީގޯލްޑް ޢުމަރު ޒާހިރު އަވަހާރަ ވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް ވެސް އަރުވައިފައިވާ މަރުހޫމް އުމަރު ޒާހިރު އަވަހާރަވެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން 3 ދުވަސް ވަންދެން  ގައުމީދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ. 

އުމަރު ޒާހިރު އަވަހާރަވީ ކޯވިޑް 19 އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 85 އަހަރުގައެވެ. 

އުމަރު ޒަހީރަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ދިގު މުއްދަތަކަށް ސަރުކާރަށް އެމަނިކުފާނު ވަނީ ހިދުމަތް ކުރައްވާފައިވެއެވެ. އެގޮތުން، ރައީސް މައުމޫނުގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވަނީ ފުރުއްވާފައެވެ.

މީގެ އިތުރުން އުމަރު ޒާހިރު އަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ކުޅިވަރާ ބެހޭ ވަޒީރުވެސް މެއެވެ. ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައި ދިނުމަށް 1960ގައި ކުރެއްވި މަސައްކަތްތަކުގައި ވެސް އެމަނިކުފާނުގެ ދައުރު ވަރަށް ބޮޑަށް ފާހަގަވެގެން ދެއެވެ. 

އުމަރު ޒާހިރު ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1950ގެ އަހަރުތަކުގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް