ފުލިދޫ ކައުންސިލް ރައީސް އަހުމަދު ނަސްރުﷲ ވިދާޅުވީ ޕްރިންސިޕަލްގެ ހިންގުމުގެ ގާބިލްކަން ނެތް ކަމަށާއި، މީހުން ގެންގުޅެން ވަރަށް ނޭނގޭކަން ފާހަގަ ކުރެވޭ ކަމަށެވެ.
އޭނާ ވިދާޅުވީ މޭމަހު އެރަށަށް ވަގުތީގޮތުންފޮނުވި އެ ޕަރިންސިޕަލްގެ ސަބަބުން ސްކޫލްގެ ހިންގުން ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި އިތުރު ހަރަކާތްތައްވެސް ހިންގަން އުނދަގޫތައް ކުރިަމަތިވަމުން އައި ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޓީއޭއިން ކައުންސިލާ ބައްދަ؛ލު ކުރި ކަމަށާއި އެކަމާބެހޭ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ 100އެއްހާ ކުދިން އުޅޭ އެ ސްކޫލުގައި މިހާރު އިތުރުގަޑީގައި ކްލާހެއް ނަގަންޖެހުނު ކަމުގައިވިޔަސް ޕްރިންސިޕޮަލްގެ ހުއްދަ ހޯދަން ޖެހޭ ކަމަށާއި، ކޮންމެ ކަމަކަށް ޕްރިންސިޕަލްގެ ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އެހެންކަމުން ޓީޗަރުންނާއި ޕްރިންސިޕަލާއި ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސް ވެފައިކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ދާދިފަހުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އެރަށަށް ވަޑައިގެންނެވިއެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިން އެމައްސަލަ ވަނީ ހުށަހަޅާފައެވެ. މިނިސްޓަރު ޖަވާބު ދެއްވާފައިވަނީ މާލެއަށް ވަޑައިގެން ޖަވާބު ދެއްވާނެ ކަމަށެވެ.
ފަހުން މިނިސްޓްރީން ޖަވާބު ދީފައިވަނީ މިޓާމް ނިމުމުން ބަދަލު ކުރާނެ ކަމަށެވެ.
އެހެންނަމަވެސް އެކަން ނުކޮށް އޮވެ، އެރަށުގެ ލީޑިން ޓީޗަރަކު މިނިސްޓްރީން ސަސްޕެންޑް ކުރުމާ ގުޅިގެން އެރަށުގެ ބެލެނިވެރިން ނުކުތީކަމަށް ކައުންސިލުން ބުނެއެވެ.
" ބެލެނިވެރިން ހޯދީ ކިހިނެއްވީ ކަމެއްތޯ. ބެލި އިރު މިނިސްޓްރީން މިބުނަނީ ޕްރިންސިޕަލް ފޮނުވި ޝަކުވާ ތަކަކަށް ބަލާފައި ލީޑިން ޓީޗަރު ސަސްޕެންޑް ކުރީ ކަމަށް" ކައުންސިލްރައީސް ނަސްރުﷲ ވިދާޅުވިއެވެ.
ނަސްރުﷲ ވިދާޅުވީ ބެލެނިވެރިން ނުކުތީ އެހިސާބުން ކަމަށެވެ. މިދިޔަ އާދީއްތަދުވަހުން ފެށިގެން އެކި ގޮތްގޮތަށް ބެލެނިވެރިން މަސައްކަތް ކުރިކަމަށް ކައުންސިލުން ބުނެއެވެ.