ads
ބ. އަތޮޅު މަދަރުސާ
ދަރިވަރުން ލައްވާ ކްރިސްމަސް ފާހަގަ ކުރުވާކަށް ނޫޅޭ!
ބ އަތޮޅު މަދަރުސާގައި ކިޔަވަމުން އަންނަ ދަރިވަރުން ކްރިސްމަސް ފާހަގަ ކުރުމަށް ރިސޯޓަށް ގެންދަން އުޅޭ ކަމަށްބުނެ ދައްކަމުން ދަނީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ މަދަރުސާއިން ބުނެފިއެވެ.
Advertisement

މިކަމާއި ގުޅިގެން އެސުކޫލްގެ ބެލެނިވެރިންތަކެއް ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، ގްރޭޑް 07 ން މަތީގެ ދަރިވަރުން ނެށުމަކަށް ތައްޔާރު ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި، މިކަމުގެ ހަގީގަތް ބެލުމުން މިއީ، މިމަހުގެ 24 ވަނަ ދުވަހުގެ ރިސޯޓެއްގައި ފާހަގަ ކުރާ ކްރިސްމަސް ނައިޓް އަށް ތައްޔާރު ކުރާ ނެށުމެއް ކަމަށް އެނގިފައި ވާކަމަށެވެ. 

މިކަމާއި ގުޅިގެން އެ ސުކޫލް ޕްރިންސިޕަލްއަށް ގުޅުއްވުމުން އެކަމަނާ ވިދާޅުވީ، މިއީ އެއްވެސް ހާލަތެއްގައި ދަރިވަރުން ލައްވާ ކްރިސްމަސް ފާހަގަ ކުރުވަން ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ދިވެހި ސަގާފަތް ބޭރު މީހުންނަށް ދައްކާލުމަށް ހިންގާ ހަރަކާތެއް ކަމަށެވެ. އަދި ކްރިސްމަސް ފާހަގަ ކުރުވަން އުޅޭ ކަމަށް ބުނެ ވާހަކަ ދައްކަނީ ސުކޫލްގެ އަގު ވައްޓާލުމަށް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. 

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، އެ ސުކޫލަކީ އަބަދުވެސް ދަރިވަރުންގެ ކުރިމަގަށް މަސައްކަތް ކުރަމުން އަންނަ ސުކޫލެއް ކަމަށާއި، ދަރިވަރުންނަށް ލިބޭ ކުރިއެރުންތަކަކީ އެ ސުކޫލުން އެންމެ ފަހުރުވެރިވާ ކަންކަން ކަމަށެވެ. ކުރިއަށް ހުރި ދުވަސްތަކުގައި ވެސް ސުކޫލް ދަރިވަރުންގެ އެކި ހަރަކާތްތައް ކުރިއަށް ރޭވިފައި އެބަހުރި ކަމަށާއި، އެއީ ވަކި މުނާސަބަތަކާއި ގުޅިގެން ކުރިއަށް ގެންދަން ރާވާފައި ހުރި ހަރަކާތްތަކެއް ނޫން ކަމަވެސް ވިދާޅުވިއެވެ. އަދި މިއީ ސުކޫލުން މަޖުބޫރު ކޮށްގެން ކުދިންލައްވާ ކުރުވާ ކަމެއް ނޫން ކަމަށާއި، މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް އެފުރުސަތުވެސް ހުޅުވިފައި ވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެރަށުން މައުލޫމާތު ދެއްވި އެހެން ބެލެނިވެރިއަކު ބުނީ، އެ ސުކޫލުން އެއްވެސް އިރެއްގައި ކުދިން ލައްވާ ކްރިސްމަސް ފާހަގަ ކުރުވަން މަސައްކަތް ކޮށްފައި ނުވާކަމަށާއި، ސުކޫލްއިން އަބަދުވެސް ދީނީ ކަންކަމަށް ކުދިން އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ބެލެނިވެރިޔާ ބުންޏެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް