ads
ހަނިމާދޫ ހުޅަނގު ފަރާތް ފޮޓޯ މެޓް
ދުންފިނި: ނޭވާލާން އުނދަގޫ، ދުރު ފެންނަ މިންވަރުވެސް ދަށް!
ރާއްޖޭގައި މިހާރު ފެތުރިފައިވާ ދުންފިނީގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް އުނދަގޫވުން ގާތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެފިއެވެ.

މެޓުން މީގެ އިތުރުން ބުނީ ފުސްވުމުގެ ސަބަބަުން ދުރު ފެންނަމިންވަރުވެސް ދަށް ވާނެ ކަމަށެވެ. 

އެގޮތުން އާއްމުގޮތެއްގައި މޫސުން ރަގަޅު ދުވަސްވަރު، ދުރުފެންނަ މިންވަރު 10 ކިލޯމީޓަރަށް ވުރެއް އިތުުރުވިނަމަވެސް، މިދުވަސްވަރު އުތުރާއި މެދުރާއްޖެތެރޭގައި ދުރުފެންނަ މިންވަރުވަނީ 4 – 5 ކިލޯމީޓަރަށް ދަށްވެފައި ކަމަށް މީޓިއޮރޮލޮޖިކަލް ސާވިސް އިން ބުނެއެވެ. 

your imageހުޅުމާލެ    ފޮޓޯ މެޓް

"މިހިރަފުހުގެ ސަބަބުން، ހައްސަކޮށް، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން ގާތެވެ. އަދި މިދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ." މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފައި ވެއެވެ.

އެ ސާވިސް އިން ބުނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވަމުން މިދާދުވަސްވަރު، ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން، ވަޔާއެކު ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާ ހަމަޔަށް ފޯރާ ކަމަށެވެ. މީގެ ސަބަބުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވެއެވެ.
މިކަން ބޮޑަށް ފާހަގަކުރެވެނީ ޑިސެންބަރު މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް