ads
ކުޅުދުއްފުށި ސިޓީ
ކުޅުދުއްފުށީގެ ކުނި ކޮށީގައި އަލިފާން ރޯކުރާތީ ދުމުގެ އުނދަގޫ ކުރިމަތިވެފައި
ކުނިކޮށްޓަށް ކުނި އުކާލުމަށް ވަންނަ ބައެއް ފަރާތްތަކުން ކުނިކޮށީގައި އަލިފާން ރޯކުރާ މައްސަލަ އަންނަނީ ކުރިމަތިވަމުން ކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރު އަހުމަދު އަބްދުﷲ ސީއެންއެމް އަށް ވިދާޅުވީ ކުނިކޮށީގައި އަލިފާން ރޯކުރުމުގެ ސަބަބުން އެތަން ނިއްވާލަން ވަރަށް އުނދަގޫ ކަމަށެވެ. އަދި ބޮޑު ކުނިކޮއްޓަކަށް ވުމާއެކު ނިއްވާލިއަސް އެއްކޮށް ނިއްވާ ނުލެވޭ ކަމަށާއި އެހެން ވުމުގެ ސަބަބުން އެސަރަހައްދުގައި ހުރި ރައްޔިތުންނަށް ހިދްމަތްދޭ ތަންތަނަށް ދުމުގެ އަސަސރު ފޯރާ ކަމަށެވެ. 

"ކުނިކޮއްޓާ ޖެހިގެން އެ އޮންނަނީ ސްޓޭޑިއަމް. އެތަނަށް ވަރަސް ގިނަ މީހުން ދާނެ ކަސްރަތު ކުރަން. ދުމުގެ ސަބަބަުްނ އެމީހުންނަށް ވަރަސޤ ގިނަ އުނދަގޫތައް ކުރިމަތިވޭ. އޭގެ އިތުރުން މިސްކިތަކާއި ސަރުކާރުގެ ބައެއް އިމާރާތްތައް އެސަރަހައްދުގައި ހުރޭ" އަހުމަދު ވިދާޅުވިއެވެ. 

ކުޅުދުއްފުށި ސިޓީ ގެ ކުނިކޮށި ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައެވެ. އެހެންނަމަވެސް ކައުންސިލުން ބުނީ ހަވާލު ކުރީ ކުނި ހުސްކުރުމަށްޓަކައި ކަމަށެވެ. އެހެންކަމުން އެތަނުގައި ޑިއުޓީ ބަހައިގެން އެތަން ބަލަހައްޓަމުން ނިގެންދާ ކަމަށްވެސް ކައުންސިލުން ބުނެއެވެ. 

ކުޅުދުއްފުށީ ކުނިކޮއްޓަކީ ވަށާފާރު ރާނާފައި ހުރި ތަނެއް ނޫނެވެ. އެކައުންސިލުން ބުނީ ކުނި މެނޭޖްކުރުން ރަސްމީކޮށް ވެމްކޯ އާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ސަބްސިޑީ އެއް ދީގެން އެކަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއެކު ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ކުނިކޮށްޓަށް ކުނި އުކާލުން ފިޔަވައި އެއްވެސް އެހެން ބޭނުމަކަށް ކުނިކޮށްޓަށް ނުވަނުމަށް އެ ކައުންސިލުން ނަސޭހަތްތެރި ވެއެވެ.

އެގޮތުން ކުޅުދުއްފުށީ ސިޓީގެ ކުނިކޮށީގައި ޒަމާނުއްސުރެ ޖަމާވެފައިވާ ކުނިތައް ހުސްކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަނާ ހަވާލުކުރެވިގެން ޕްރޮޖެކްޓެއް ކުރިއަށް ގެންދާކަމަށް އެކައުންސިލުން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ އިރުވައި މޫސުންކަމުން ކުނިކޮށިން އަރާ ދުމުގެ ސަބަބުން އެ ދުންތައް ރަށުތެރެއަށް ފެތުރި ސަރަހައްދުގެ ގެތަކަށާއި، މުއައްސަސާތަކަށް އަންނަނީ ނުހަނު ދަތި އުނދަގޫތަކާއި ކުރިމަތިވަމުންކަމަށް އެކައުންސިލުން ބުނެއެވެ.

ކުނިކޮށީގައި އަލިފާން ރޯކުރުމަކީ މަނާކަމެއް ކަމުގައި އާންމުކޮށް އިޢުލާންކޮށް އަންގާކަމަށްވެސް ފާހަގަ ކޮށްބުނެފައިވާ އިރު، ކައުންސިލުން އަންގާ އެންގުމާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރާކަމަށް އެކައުންސިލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް