ads
ތިޔަ ސޫރަ ލަވައިގެ ޕޯސްޓަރެއްގައި ޖާދު އަދި ޝަރާ…
ޖާދު އާއި ޝަރާގެ "ތިޔަ ސޫރަ" އެކެއް ޖެނުއަރީ އަށް!
މަޝްހޫރު ފެހުންތެރިޔާ އަދި ނެށުންތެރިޔާ ޖާދުﷲ އާއި އެހެނަސް ސީރީޒުން ވިދާލި ޝަރާ ގެ އާ ލަވަ "ތިޔަ ސޫރަ" އާ އަހަރުގެ ހަދިޔާއެއްގެ ގޮތަށް ޖެނުއަރީ އެއް ވަނަ ދުވަހު އާންމުކުރަން ނިންމައިފިއެވެ.

ތިން ދުވަހުގެ ތެރޭގައި ލަވައިގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ތުރުކީ ވިލާތުގައެވެ.

"ތިޔަ ސޫރަ" ގެ ޓްރެއިލާ އެއް ވެސް މިހާރު ޔޫޓިއުބަށް ދޫކޮށްލާފައިވާއިރު މިހާތަނަށް 12 ހާހަށް ވުރެ ގިނަ މީހުން ޓްރެއިލާ ބަލާފައިވާކަން ފާހަގަކޮށްލެވެއެވެ.

ސީއެންއެމް އަށް ވާހަކަ ދައްކަމުން ޖާދު ބުނީ، މިއީ ކުރު މުއްދަތެއްގައި ކުރެވުނު ބޮޑު މަސައްކަތެއް ކަމަށާއި އުންމީދަކީ ބެލުންތެރިންނަށް ލަވަ ކަމުދިޔުން ކަމަށެވެ.

މިހާތަނަށް ޓްރެއިލާ ވެސް ގިނަ ބަޔަކު ބަލާފައިވާތީ އެކަން ފާހަގަ ކުރަމުން ޖާދު ބުނީ، ލަވަ ބެލުމަށް ފަހު ޖަޖު ކުރާނީ ވެސް ހަމަ ބެލުންތެރިން ކަމަށާއި މުޅި ޓީމުން ވެސް މަސައްކަތް ކޮށްފައިވާނީ ފުރިހަމަ ލަވައެއްގެ ގޮތުގައި "ތިޔަ ސޫރަ" ގެނެސްދެން ކަމަށެވެ.

ޖާދު ޕްރޮޑިއުސްކޮށް އަމިއްލަ ކޮސްޓިއުމް ވެސް ތައްޔާރުކޮށްފައިވާ އެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަ)ގެ އިތުރުން، ނުހަނު ޒުވާން އުމުރުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ އާއިޝަތު ޖޫނީ ޖިނާހެވެ.

މަޝްހޫރު މޭކަޕް އާޓިސްޓު ހަސަން ޑައިރެކްޝަން ހަދާ ފުރިހަމަ މޭކަޕް އެއް ދައްކުވައިދީފައިވާ އެ ލަވައިގެ ވީޑިއޯ ގްރަފީގެ މަސައްކަތް ކޮށްފައިވަނީ ވިޝާލް އާމިރު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް