
ފެނަކަ
ސޮނީއަށް 2.5 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް ހުކުމެއް
އަހުމަދު ހަސަން
19 މޭ 2025 - 08:02:01
ފެނަކަ ކޯޕަރޭޝަނުން، ސޮނީ ހާޑުވެއާއަށް 2.5 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ސިވިލް ކޯޓުން އާދިއްތަ ދުވަހު ކުރިި މި ހުކުމަކީ، ފެނަކައިން އެކި ފަހަރު މަތިން ސޮނީން ހޯދާފައިވާ މުދަލުގެ އަގަށްވާ ފައިސާއެވެ. މި ދައުވާއަކީ 2023 ވަނަ އަހަރުގެ ތެރޭގައި ސޮނީން ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާއެކެވެ.
މި މައްސަލައިގެ ހުކުމް، ސިވިލް ކޯޓުގެ ގާޒީ އަހްމަދު އަބްދުލްމަތީން ކުރެއްވިއިރު، ފެނަކައަށް އަންގާފައިވަނީ އަންނަ ޖޫން މަހުގެ 18 ވަނަ ދުވަހުގެ ކުރިން، 2،523،106.199 ރުފިޔާ، ސޮނީއަށް ދައްކާށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް