މައުލޫމާތު ލިބިފައިވާ ގޮތުގައި ދަރިވަރުން ސޯމިލް އިމާރާތައް ވަގުތީގޮތުން ބަދަލު ކުރުމަށް ނިންމުމުން މިހާރު އެއިމާރާތުގައި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަރަބިއްޔާ ސުކޫލް ހިންގަމުން އައި އިމާރާތް ވަރަށް ބޮޑަށް ހަލާކުވެ ދަރިވަރުންނަށް އޭގެ ސަބަބުން ގެއްލުން ކުރިމަތި ވެދާނެ ކަމަށްބުނެ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް މައްސަލަ ހުށައަޅާފައެވެ. އަދި އެސުކޫލްގެ ޕީޓީއޭއިން ވަނީ ރައީސް ސޯލިހު އާއިވެސް އެކަމާއި ގުޅިގެން މަޝްވަރާ ކޮށްފައެވެ.
ރައީސް ސޯލިހު އާ އެކި ބޭއްވި ބައްދަލުވުމުގައި ސުކޫލްގެ ޕީޓީއޭއިން ހުށައެޅި ކަންކަން އެޑިއުކޭޝަން މިނިސްޓްރީ އާއި މަޝްވަރާ ކޮށްގެން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރައީސް ސޯލިހު ވަނީ އަރަބިއްޔާ ސުކޫލްގެ އާ އިމާރާތެއް ބާ ޖަމާލުއްދީން ހުރި ގޯތީގައި އެޅުމަށް ނިންމަވާފައެވެ. އަދި އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން އެ އިމާރާތުގެ މަސައްކަތް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހުޅުމާލޭގައި މިހާރު ދިރިއުޅޭ އަރަބިއްޔާގެ ދަރިވަރުންނާއި ޓީޗަރުންނަށް ފަސޭހަ ކޮށްދިނުމަށް، ހުޅުމާލޭގައި ވެސް އަރަބި މީޑިއަމްއަށް ކިޔަވައިދޭ ސްކޫލެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.