ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަލީ ޒާހިރު- ފޮޓޯ ރައީސް އޮފީސް
އިންޑިއާ އައުޓް ހަރަކާތް ހިންގަން ފުރުސަތު ނުދޭނެކަމުގެ އިންޒާރު ދީފި
ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ދީފިއެވެ. ސަރުކާރުގެ އިންޒާރެއް، އިންޑިއާ އައުޓް ހަރަކާތްތައް ނުހިންގޭނެ

ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ "އިންޑިއާ އައުޓް" ހަރަކާތަކީ އިދިކޮޅުން ގައުމުގެ މަސްލަހަތު ނަގާލުމަށް ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރުމުގެ ފުރުސަތު ސަރުކާރުން ނުދެއްވާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ. 

މީގެ އިތުރުން އަލީ ޒާހިރު ވިދާޅުވީ، އިންޑިއާ އާ އެކު ދިވެހި ރާއްޖެއިން ވެފައިވާ އެއްބަސްވުން ތަކަކީ، ރައީސް ޔާމީންގެ ވެރިކަމުގައި،  ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާގެ މީހުން ތިބިނަމަ އެމީހުން ފެންނާނެ ކަމަށްވެސް ޗީފް އޮފް ސްޓާފް ވިދާޅުވިއެވެ. 

"ރާއްޖޭގައި އެއްވެސް ގައުމެއްގެ އަސްކަރީ މީހުން ތިބި ނަމަ އެމީހުން ފެންނާނެ. ރާއްޖޭގައި ތިބީ އިންޑިއާގެ އަސްކަރިއްޔާގެ ޑޮކްޓަރުންނާއި، ޓެކްނިކަލް މީހުން،" އަލީ ޒާހިރު ވިދާޅުވިއެވެ. 

އަލީ ޒާހިރު އިތުރަށް ވިދާޅުވީ، އަދުގެ ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް ނާޅާނެ ކަމަށާއި، އެހެން ނަމަވެސް ގައުމުގެ މަސްލަހަތު ނަގާލާ، އެހެން ގައުމެއްގެ މަސްލަހަތު ނަގާލާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އަލީ ޒާހިރު ވިދާޅުވިއެވެ. 

ރައީސް ޔާމީން އިންޑިޔާ އައުޓް ހަރަކާތްތައް ރަށްރަށުގައި ފައްޓަވާފައިވާއިރު އިންޑިއާ އައުޓް ހަރަކާތަކީ ގާނޫނައި ހިލާފު ހަރަކާތެއް ކަމަށާއި، ފުލުހުން ނިކުމެ އެކަން ހުއްޓުވަން ޖެހޭކަމަށް ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

"އިންޑިއާ އައުޓް އެއް ނުގޮވޭނެ. ރާއްޖޭގެ ރައީސް އަކު ނިކުމެ އިންޑިއާ އައުޓް މޭމަތީ ޖަހާފައި ހުރި ޓީޝާޓް ލައިގެން އުޅުމުން ރައްޔިތުން ލަދުގަންނާނެ. ރައީސް ޔާމީން އަށް އިންޑިއާ އައުޓް ޖަހައިގެން ހުރެ ނުހިނގޭނެ. އެކަން ޖެހޭނެ ފުލުހުން ހުއްޓުވަން،" އެމްޑީޕީގެ މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް