ads
އޭސީސީގެ މެމްބަރުން މީގެ ކުރިން މަޖިލީހަށް ހާޒިރުކުރުން-- ފޮޓޯ: މަޖިލިސް
އޭސީސީގެ މެމްބަރުން އުސޫލާއި ހިލާފު، މައްސަލަ ކޮމިޓީއަށް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން އުސޫލާ ހިލާފު ކަންކަން ހިންގި ކަމަށް ބުނެ އިތުރު މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ބަލަން ނިންމައިފި އެވެ.

މިނިވަން މުއައްސަސާގެ ކޮމިޓީއިން މި މައްސަލަ ބަލަން ނިންމީ އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގައި އެ މެމްބަރުންނަށް ޖަވާބުދާރީވާން ދިން ފުރުސަތުގައި، ކޮމިޝަންގެ އުސޫލާއި ހިލާފަށް ކަންކަން ކުރަމުން އަންނަ ކަމަށް ބުނެއެވެ. 

މިރޭ 20:00 އަށް ކޮމިޓީގެ ޖަލްސާއެއް ތާވަލް ކޮށްފައިވަނީ، ތިން މެމްބަރަކު ސޮއިކޮށް ހުށަހަޅާފައިވާ މިމައްސަލައާ މެދު ގޮތެއް ނިންމުމަށެވެ. 

އެހެންނަމަވެސް މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އެ ކޮމިޓީއިން އާއްމުކޮށްފައި ނުވެއެވެ. 

އޭސީސީގެ މެމްބަރުން އެބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރާ ކަމަށްބުނެ އެމެމްބަރުން ވަކިކުރަން މަޖިލީހަށް ހުށައެޅުމުން މަޖިލީހުން ވަނީ އެމައްސަލަ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ހުށައަޅާފައެވެ. 

އެކޮމިޓީއިން ވަނީ މައްސަލައިގައި ޖަވާބު ދާރީ ވުމަށް 05 ދުވަހުގެ މުއްދަތެއް އެ މެމްބަރުންނަށް ދެއްވާފައެވެ. 

މި މައްސަލަ މަޖިލީހަށް ހުށައަޅާފައި ވާއިރު، އެ ކޮމިޝަންގެ 02 މެމްބަރަކު މިހާރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެއީ މެމްބަރު، އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް