ads
ތޫފާން ރައި ގައި ފިލިޕީންސަށް ބޮޑެތި ގެއްލުނތަކެއް ވެފައި
ފިލިޕީންސްގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް އެންސްޕާއާއި ޒަކާތު ފަންޑުން އެހީވަނީ
ފިލިޕީންސްގައި ހާލުގައި ޖެހިފައިވާ ދިވެހި ކިޔަވާ ކުދީންނަށް އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް އެހީ ވާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފިލިޕީންސްގެ ބައެއް ސަރަޙައްދުތަކަށް އެރި ބާރުގަދަ ތޫފާން "ރައި" ގެ ސަބަބުން އެ ޤައުމުގެ ސޭބޫ ސިޓީގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދިވެހި ދަރިވަރުންތަކެއް ދިރިއުޅެމުން ދިޔަ ޑޯމިޓަރީއަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.  ފެނާއި ކަރަންޓު ކެނޑި، މުއާޞަލާތީ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް ވަނީ ބުރޫއަރާފައެވެ. އެހެންވެ، ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ޚިދުމަތްތައް ލިބެންހުރި ހިޔާވައްސަކަށް ވަގުތީގޮތުން ބަދަލުވުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 

މިކަމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ސޯލިހު ނިންމަވައިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ. 

ދަރިވަރުން ދިރިއުޅެމުން ދިޔަ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ޢިއާދަކޮށް ފެނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމުގެ މަޢުލޫމާތު ފިލިޕީންސްގެ އެމްބަސީން ދީފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. 

އެހެންކަމުންސަރުކާރުން  މި އެހީ ދިނުމަށް ނިންމާފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށެވެ.

މިގޮތަށް ނިންމުމާ ގުޅިގެން، އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ މިނިސްޓްރީން ކަމާގުޅުން ހުރި އިދާރާތަކާއެކު ކުރަމުންގެންދާ ވާހަކަ، ދަރިވަރުންނާއި ދަރިވަރުންގެ ބެލެނިވެރިންގެ މަޢުލޫމާތަށްޓަކައި ހާމަކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް