ads
ބަންގްލަދޭޝް އާއި ރާއްޖެއާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުން
ބަންގްލަދޭޝް އާއި ރާއްޖެއާއި ދެމެދު 4 އެއްބަސްވުމެއްގައި ސޮއި ކޮށްފި
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ދެގައުމުގެ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
Advertisement

އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި، ޝައިހް ހަސީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ދެގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ ތެރެއިން ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގާބިލު ސިއްހީ ހިދުމަތްތެރިން ހޯދުމަށް "މެމޮރަންޑަމް އޮފް އަންޑަސްޓެންޑިން އޮން ދަ ރިކްރޫމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް" ހިމެނެ އެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ބަންގްލަދޭޝްގެ ހެލްތް މިނިސްޓަރު ޒާހިދު މާލިކް އެވެ.

ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް ވެފައިވާ އެއްބަސްވުން އާ ކުރުމަށް "ރިނިއުވަލް އޮފް މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އިން ދަ އޭރިއާސް އޮފް ހެލްތްކެއަ އެންޑް މެޑިކަލް ސައިންސް" ގައި ވެސް ދެ ގައުމުން މިއަދު ސޮއި ކުރުމެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އާއި ބަންގްލަދޭޝްގެ ހެލްތް މިނިސްޓަރު ޒާހިދު މާލިކް އެވެ

މީގެ އިތުރުން ދެ ގައުމުގެ ދެމެދު ކުޅިވަރާއި ޒުވާނުން ތަރައްގީ ކުރުމުގެ ރޮނގުން ގުޅުން ބަދަހި ކުރުމަށް " މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް" ގައި ސޮއިކުރެއްވީ، ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް އާއި ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ މައްސޫދު ބިން މޮމެން އެވެ. 

ދެ ގައުމުގެ ދެ މެދުގައ ސޮއި ކުރި ހަތަރު ވަނަ އެއްބަސްވުމަކީ ޓެކްސްއަށް މަކަރު ހެދުމުގެ ފުރުސަތު ނައްތާލުމަށާއި، ޑަބަލް ޓެކްސޭޝަން ނައްތާލުމަށް ވެސް އެއްބަސްވުމެކެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް، އަދި ބަގްލަދޭޝްގަ ފަރާތުން ސޮއިކުރެއްވީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއަރމަން އެމް.ޑީ ރަހްމަތުލް މުނީމް އެވެ. 

އެއްބަސްވުންތަކުގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް ހަދިޔާކުރި އަސްކަރީ އުޅަނދުތަކުގެ ތަޅުދަނޑި ރަމްޒީގޮތުން ހަވާލުކޮށްދެއްވުން ވެސް މި ރަސްމިއްޔާތުގައި ކުރިއަށްދިޔަ އެވެ. އެގޮތުން ރާއްޖެއިން މި އަސްކަރީ އުޅަނދުތަކުގެ ރަމްޒީ ތަޅުދަނޑިއާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލެވެ. ތަޅުދަނޑި ހަވާލުކޮށްދެއްވީ ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އެސް.އެމް ޝާފިއުދީން އަހްމަދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް