ads
އެއާ އޭޝިއާ އެކްސްގެ މަތިންދާބޯޓެއް
2 އަހަރުގެ މެދު ކެނޑުމަކަށް ފަހު އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
ބެންކޮކާއި ރާއްޖެއާއި ދެމެދު އަލުން އެއާ އޭޝިއާގެ ދަތުރުތައް ކުރުމަށް ފަށައިފިއެވެ.

ދިވެހި ގިނަ ބަޔަކުވެސް ދަތުރު ކުރުމަށް ބޭނުންކުރާ މެލޭޝިއާގެ ބަޖެޓް އެއާ ލައިން އެއްކަމަށްވާ އެއާ އޭޝިއާއިން ރާއްޖެއާއި ބެންކޮކާއި ދެމެދު ދަތުރުތައް ފެށީ، އިއްޔެގެ ވަގުތެއްގައެވެ. 

އެގޮތުން އިއްޔެ އެއާ އޭޝިއާގެ ފްލައިޓް ރާއްޖެއަށް އައުމުން އެމްއޭސީއެލް އިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ފްލައިޓް އައީ ތައިލެންޑުގެ ބެންކޮކުން ފުރައިގެންނެވެ. 

އަލުން އެއާ އޭޝިއާގެ ދަތުރުތައް ފެށުމާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދާނެ ކަމަށް ބުނެފައެވެ. 

އެއާ އޭޝިއާއިން ރާއްޖެއާއި ބެންކޮކާއި ދެމެދު އަލުން ދަތުރުތައް ފަށާފައި ވާއިރު ހަފްތާއަކު 02 ދުވަހު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ފްލައިޓްތައް އޮންނާނީ ބުދަ ދުވަހާއި ހޮނިހިރު ދުވަހު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް