ads
އެޗްޑީސީގެ ފަރާތުން ބިނާކުރި ފެންވަޅު
އެޗްޑީސީގެ އެހީގައި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ފެންވަޅެއް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުނަށް ފެންވަޅެއް ބިނާކޮށްދީފި އެވެ.

އެޗްޑީސީއިން މިކަމާއި ގުޅިގެން ކުރި ޓުވީޓެއްގައި ބުނީ، އެކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ދީލަތި އެހީތެރި ކަމާއި އެކު ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންނަށް ފެންވަޅެއް ބިނާ ކޮށްދީފައި ވާކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންގެ އެހީތެރި ކަމާއި އެކު މިހާރުވެސް އިތުރު ފެންވަޅެއް އެގައުމުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން އެކުންފުނިން ބުނީ، އެކުންފުނިން އިތުރަށްވެސް ހާލުގައި ޖެހިފައިތިބި މުސްލިމް ރައްޔިތުންނަށް އެހީތެރި ވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިކަމުގައި ވީހާވެސް ގިނަ ބައެއްގެ އެހީތެރި ކަމާއި އެއްބާރުލުން ބޭނުން ވާނެ ކަމަށެވެ. 

އެޗްޑީސީއިން އައިއޭސީއަށް ފެން ވަޅު ބިނާކުރުމަށް ހަވާލުކުރީ މިދިޔަ ނޮވެންބަރު މަހުގެ 2 ވަނަ ދުވަހެވެ. އެޗްޑީސީގެ ފަރާތުން އައުއޭސީއާ ފެންވަޅު ހެދުމަށް ހަވާލުކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހައިލް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް