ads
މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް
"އިންޑިއާ އައުޓް" ގޮވާ ފަރާތްތަކުގެ ކަންފަތް މަތީ ޖަހަން ބުނި މައްސަލަ ފުލުހަށް
"އިންޑިއާ އައުޓް" ގޮވާ ފަރާތްތަކުގެ ކަންފަތް މަތީ ޖަހައިގެން ނަމަވެސް އެކަން ކުރުން ހުއްޓުވަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ފަލާހް ބުނި މައްސަލަ ފުލުހަށް ހުށައަޅައިފި އެވެ.

އެމްޑީޕީން މާލެ ދާއިރާ އަށް ހާއްސަކޮށްގެން ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ "އިންޑިއާ އައުޓް" ގޮވާ ކަމަށް ވާނަމަ އެމީހެއްގެ ކަންފަތް މަތީގައި ޖަހައިގެންވެސް އެކަން ކުރުން ހުއްޓުވަން ޖެހޭ ކަމަށެވެ. 

"އެ ގޮވާ ކަމަށް ވާނަމަ، އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީގައި ޖަހަން ވެސް. އެ ނޫން ގޮތަކަށް މި ނުހުއްޓުވޭނެ. އެ ކުރަން ޖެހޭ ކަމެއް މިހާރު." ފަލާހް ވިދާޅުވިއެވެ. 

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ، އެދުވަހު ފަލާހް ގޮވާލެއްވީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކުރުމަށް ކަމަށެވެ. އަދި އެގޮތަށް ކަންކަން ކުރެވިގެން ނުވާނެ ކަމަށްވެސް އެކޯލިޝަނުން ބުންޏެވެ. 

މީގެ އިތުރުން އެކޯލިޝަނުން ބުނީ، މީގެ ކުރިންވެސް މިފަދަ ގޮތަކަށް ބައެއް ފަރާތްތަކުގެ ބަސްމަގު ހުރުމުގެ ސަބަބުން ރާއްޖޭގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަހުރި ކަމަށެވެ. އެހެން ކަމުން މިހާރު އެމައްސަލަ ބަލައި ދިނުމަށް އެދި ފުލުހުންގެ އިދާރާއަށް މިހާރު މައްސަލަ ހުށައަޅާފައި ވާކަމަށްވެސް އެކޯލިޝަނުން ވަނީ ބުނެފައެވެ. 

ކަންފަތް މަތީ ޖަހާނެ ކަމަށް ފަލާހް ބުނި މައްސަލައިގައި އޭނާ ފަހުން ބުނީ، އެގޮތަށް ބުނީ ޖިސްމާނީ ގޮތުން މީހާގައިގައި ޖެހުމުގެ ނިޔަތުގައި ނޫން ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް