ads
ހީނާ---
ހީނާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ލަވައެއް ނެރެފި
ޓީވީ ތަރި ހީނާ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމު "ހެކްޑް" ގެ ލަވައެއް ނެރެފިއެވެ.

އެލަވަ "އަބް ނާ ޕިރް ސޭ" ނެރެފައިވަނީ އިއްޔެއެވެ. ޔަސީރް ދެސާއީ އަދި އަމްޖަދު ނަދީމް ކިޔާފައިވާ އެލަވައަކީ ވަރަށް މަޑުމައިތިރި ލަވައެކެވެ. އެލަވަ މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

ހީނާ ހާން ލީޑު ބަތަލާގެ ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރައިލާއަށް ބަލާއިރު ފެނިގެންދަނީ އުމުރުން ހަގު ކުއްޖަކު ހީނާއާ ހިތާވެ އޭނާ ހާސިލުކުރުމަށް ކުރާ ކަންތައްތަކެކެވެ. އެގޮތުން ހީނާގެ ހުރިހާ ސޯޝަލް އެކައުންޓްތައް ހެކްކޮށް އޭނާ މުޖުތަމައުގެ ތެރޭގައި ލަދުގަންނަވާލުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެންދެ އެވެ. 

އަދި އެކަންކަމުން އޭނާ ސަލާމަތްކުރާނީ ލޯބީގެ ގޮތުން ގުޅުމުން ކަމަށް މި ޒުވާނާ ބުނެ އެވެ. އޭގެ އިތުރުން ވެސް އޭނާއަށް ލިބިފައިވާ ހުނަރެއްގެ ބޭނުންކޮށްގެން އިތުރު އަންހެން ކުދިން ވެސް ފަލީހަތް ކުރަން މަސައްކަތް ކުރާ މަންޒަރު ފެނެ އެވެ. 

މި ފިލްމުގައި ހީނާއާއެކު ފެނިގެންދަނީ ޓީވީ ތަރި ރޯހަން ޝާހެވެ. "އިތްނާ ކަރޯނާ މުޖޭ ޕިޔާރު" ފަދަ ޝޯތަކުން އޭނާ ފެނިފައިވެއެވެ. 

މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ.

އެޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގަޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައިވާއިރު އޭނާ އެޝޯއިން ވަކިވީ މި ފިލްމުގައި މަސައްކަތް ކުރުމަށެވެ. 

މި ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް