ads
މަބްރޫކް އާއި އެމަނިކުފާނުގެ އަނބިކަނބަލުން
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ކައިވެނި ބައްލަަވައިގެންފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ކައިވެނި ބައްލަވައިގެންފި އެވެ.

އެމަނިކުފާނު ކައިވެނި ބައްލަވައިގެންފައި ވަނީ، ތައިލެންޑަށް ނިސްބަތްވާ ކަނބަލަކާއެވެ. 

ގިނަ ބައެއްގެ ސަމާލު ކަމަށް މަބްރޫކް އައިސްފައިވަނީ، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު ކަމުގެ މަގާމުގައި އެމަނިކުފާނު ހުންނެވި ދުވަސްވަރު ކޯވިޑް 19 ގެ އެންމެ ފަހުގެ މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެއްވުމުގައި އުޅުއްވުމުންނެވެ. 

މީގެ އިތުރުން މަބްރޫކް އަކީ ރައްޔިތުންނާ ކޮވިޑާ ދެމެދު އެޅުނު ވަރުގަދަ ބްރިޖެއް ކަމަށްވެސް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ. އެއީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެ ކަމުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ހިއްސާ ކުރުމުގައި މަބްރޫކް ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. 

ރައީސް އޮފީހުގެ އަންޑަ ސެކެޓްރީގެ މަގާމުގައި ހުންނެވި މަބްރޫކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނުކަން ދެއްވީ 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުއެވެ.

މަބްރޫކް ކައިވެނި ބައްލަވައިގެންނެވި އިރު އެމަނިކުފާނު މިވަގުތު ހުންނެވީ ޗުއްޓީގައި ރާއްޖެއިން ބޭރުގައެވެ. 

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް