ads
އެޑިޑާސް ގިލްޑްގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ)
ކްލަބްތަކުން "މިހާރު"ނޫސް ބޯއިކޮޓް ކުރުމަކީ ތަހުޒީބު އަމަލެއްނޫން: އެޑިޓާސް ގިލްޑް
ކުލަބުތަކުން އިސްވެ، "މިހާރު" ނޫސް ބޮއިކޮޓް ކުރުމަކީ ތަހުޒީބު އަމަލެއް ނޫން ކަމަށް އެޑިޓާސް ގިލްޑް އިން ބުނެފިއެވެ.

ފުޓްބޯޅަ ހަބަރުތަކާއި ގުޅުން ހުރި އެހެން ރިޕޯޓުތައް ގެނެސްދޭ ގޮތާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ، ރާއްޖޭގެ 7 ކްލަބަކުން ދުވަހު ނޫސް "މިހާރު" ވަނީ ބޯއިކޮޓް ކޮށްފައެވެ.

އެޑިޓާސް ގިލްޑް އިން ނެރުނު ބަޔާނެއްގައި ބުނީ ފުޓްބޯޅަޔަސް އަދި ކްލަބްތަކުގެ ވާހަކަ ކަމަށް ވިޔަސް، ނޫނީ އެފްއޭއެމުން ހިންގާ އެކިއެކި ކަންތައްތައް ކަމަށް ވިޔަސް ނޫސްތަކުން ފަތުރާ ހަބަރުތަކާއި ކިޔާ ފާޑުކިޔުންތަކަކީ ޒިންމާދާރުކަމާއެކު ކިޔާ ފާޑުކިޔުންތަކެއް ކަމަށެވެ. އޭގެ އިތުރުން އެބަޔާނުގައިވަނީ ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސް ތަކުގައި ދުވަހު ނޫސް "މިހާރު" ބައިވެރިވާތީ މިހާރު ނޫސް ބަދުނާމުކޮށް ކްލަބަކުން އެ މީޑިއާ ބޯއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. 

އަދި އެކަން އެހެން ކުރުމަކުން، ފުޓްބޯޅައިގެ އެކިއެކި ހަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ހުއްޓިގެނެއް ވެސް ނުދާނެ ކަމަށެވެ. 

ފުޓްބޯޅައަކީ އެ ކުޅިވަރު ކުޅޭ ކުލަބު ތަކާއި އެކުޅިވަރަށް ލޯބިކުރާ، އަދި އެ ކުޅިވަރުގެ އެންމެ މުހިންމު އެއްބައި ކަމަށްވާ ސަޕޯޓަރުންގެ މަސްލަހަތު ވެސް ހިމެނޭ ކުޅިވަރެއް ކަމަށް ވާއިރު، އެކަމުގައި އިސްލާހުކުރާން ޖެހޭ ކަންތައްތަކެއް ހުރި ނަމަ، އެކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ އެ ކުޅިވަރުގެ ކުރިމަގަށް ޓަކައި ބޭނުންތެރި އަދި މީޑިއާގެ ފުރިހަމަ ޒިންމާ އަދާކުރުމުގެ ތެރެއިން ކުރާން ޖެހޭ ކަމެއް ކަމަށްވެސް އެޑިތާސް ގިލްޑްއިން ބުނެއެވެ. އަދި މިފަދަ ފާޑުކިޔުން ތަކަކީ ބައިނަލް  އަގުވާމީ މުޖުތަމައު ބަލައިގެންފައިވާ، ކުޅިވަރު ތަރައްގީކޮށް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެއްކަންވެސް އެ ޖަމިއްޔާއިން ފާހަގަ ކުރެއެވެ. 

އެ ޖަމިއްޔާއިން ބުނީ މި އަމަލުން ދެވެނީ ވަރަށް ނެގެޓިވް މެސެޖެއް ކަމާއި އެއީ ކުޅިވަރަށް އިތުރު ބަނަކަން ގެނުވައިފާނެ ވިސްނުމެއް ކަމަށްވެސް އެ ޖަމިއްޔާއިން ދެކޭ ކަމަށެވެ. އެހެންކަމުން އެ ޖަމިއްޔާއިން ގޮވާލަނީ، ނުފޫޒު ތަކާއި ޖަޒުބާތު ތަކުން ކްލަބްތަކާއި އެފްއޭއެމް ދުރުވެ މީޑިއާތަކުގެ ފާޑުކިޔުން ޒިންމާދާރުކަމާއެކު ބަލައިގަތުމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް