ޖަލުގެ މައްސަލަ ތަކާބެހޭ ގޮތުން ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައިވަނީ ގެއްލިފައިވާ ހައްގުތަކުގެ ޝަކުވާތައް ވަނީ މީގެ ކުރިންސް ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެރައިސްއަކާއި މިކަމާއިގުޅޭ އެންމެމަތީ މިނިސްޓްރީ ތަކާއި މިނިވަން ޖަމިއްޔާ ޖަމާއަތްތަކަށް ހުށަހަޅާފައި ކަމަށެވެ.
އެހެންނަމަވެސް އެންމެހައި މުއައްސަސާތަކުން ބީރު ކަންފަތެއް ދީފައިވާކަމަށް އެ ޕެޓިޝަނުގައި ބުނެފައި ވެއެވެ.
ދައުލަތުން ލާއިންސާނީ ހައްގު މާނަ ކުރައްވަނީ ކިހިނެއްތޯއާއި އެ އަނިޔާތައް ފޫބެއްދުމަށް ދައުލަތުގެ މީޑިއާއާއި އޮންލައިންނޫސްތަކުން ރައްޔިތުންނަށް އޮޅޭ ގޮތައް މައުލޫމާތު ދަނީ ފަތުރަމުންދާ ކަމަށްވެސް ޖަލުގެ ގައިދީން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންއެކި ފަހަރު މަތިން ޖަލުގެ ކަންކަން ބޮއްސުންލައި އިންސާނީ އެތައް ހައްގުތަކަކުން މަހްރޫމްކޮށް ގައިދީން ހުކުމްތަންފީޒް ކުރަމުންދާ ކަމަށް ބުނެފައިވަނިކޮށް ޔޫއެންގެ ވޯރކިން ގްރޫޕް އޮން އާރބީރަރީ ޑިޓެންޝަން އިން 09ޑިސެމްބަ2021 ގައި ނެރުނު ރިޕޯޓްގައި ޖުމްލަކޮށް ފާހަގަ ކޮށްފައިވަނީވެސް ތާއަބަދު ގައިދީން ދެއްކި ވާހަކަތައް ކަމަށް ޕެޓިޝަނުގައި ވެއެވެ.
"އިއްޒަތްތެރި ރަސޫލްޖުމްހޫރިއްޔައެވެ. އަޅުގަނޑުމެން މިތިބީ ވަރަށް ބޮޑަށް ވަރުބަލިވެ ކެއްތެރިކަން ކޮޅުންލައި ސިކުނޑި ތަގައްޔަރު ވެފައެވެ. އިހުމާލު ވެފައިވާ އަދި ޤާނޫނާއި ޚިލާފްވެފަވާ ފަރާތްތަށް ގޮވައިގެން ދައުވާކުރަން ބޭނުމެވެ. ދިވެހިރައްޖޭގެ ޖަލުތަކުގެ ތަރީޚް އިޔާދަވާކަށް އަޅުގަނޑުމެންވެސް ބޭނުމެއް ނޫނެވެ." ގައިދީން ފޮނުވި ޕެޓިޝަނުގައި ވެއެވެ.
މީގެ އިތުރުން ގައިދީން ވަނީ ވަގުތުން ވަގުތަށް ތިރީގައިވާ ކަންތައްތަކާއި، އދގެ ވޯރކިން ގްރޫޕްގެރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ހައްލުކުރުމަށްވެސް ގޮވާލާފައެވެ.
އަސާސީ ހައްގުތައް ހައްދުފަހަނަ އަވައިފައިވާ މިންވަރަށް ނިގުގަންފައިވުން
ކަމިޝަނަރ އޮފް ޕްރިސަންސް މަސްއޫލިއްޔަތު އަދާ ނުކުރުން
ސިއްހީ ފަރުވާ ދިނުމުގެ ކަން ކަން ބޮއްސުންލައިގެން ގޮސްފައިވުން
ބާތިލް ވެފައިވާ ގާނޫނުތަކުން ކޮށްފައިވާ ހުކުމްތައް މިހާރުވެސް ތަންފީޒް ކުރުވުން
ޕެރޯލް ކްލެމެންސީ ގަވާއިދުގައިވާ މުއްދަތުތަކައް ނުނިންމުން
މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދީ ޖަލަށްލުން
ދާއިމީ ބައްޔަށް ބޭސްފަރުވާ ކުރަމުންދާ މީހުނައް ޑޮކްޓަރުގެ ލަފައެއްނެތި ބޭސް ދެމުން ގެންދިޔުން
ގައިދީންނަށް ކެއުން ބުއިމައް ގެންނަ ތަކެއްޗަކީ އިންސާނުން ކާން އެކަށީގެން ނުވާ ތަކެއްޗެވެފައި އޭގެސަބަބުން ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވުން
މި ޕެޓިޝަނުގެ ކޮޕީ ރައްޔިތުނގްެ މަޖިލީހުގެ ރައީސް އަށާއި، ހޯމް މިނިސްޓަރ އަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަދި އެޓާނީޖެނެރަލްގެ އޮފީހަށް ފުވަމެވެ.