އިރުއޮއްސި 6 ޖަހާއެހާކަށް ހާއިރު މުލިއާގެ ސަރަހައްދު ސިފައިންވަނީ ބަންދު ކޮށްފައެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި އެސަރަހައްދު ބަންދުކޮށްގެން 18:06 ން ފެށިގެން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި ތަން ކްލިއާކޮށް ނިމުނީ 19:26 ގައި ކަމަށެވެ.
މިތަން ބަންދުކޮށްގެން އެމްއެންޑީއެފް އިން ބަލާފައިވަނީ މުލިއާގެ ހުޅަނގު ދެކުނު ކަންމަތީގައި ގޮތް ނޭނގޭ ފޮއްޓެއް ހުރުމުގެ ސަބަބުންނެވެ.
މިރޭ މިތަން ޗެކްކޮށްފައިވާއިރު ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ގައުމާއި މުހާތަބު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ، މާދަމާރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.