ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތުގައި ދިވެހި އަންހެން ޓީމު ކިރިގިސްތާނު އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މީގެ ކުރިން ދިވެހި އަންހެން ޓީމުވަނީ ލަންކާ، ނޭޕާލް އަދި އުޒްބަކިސްތާނު އަތުންވެސް ބަލިވެފައެވެ. ކޮންމެ މެޗަކުންވެސް ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ.
މި މުބާރާތުގައި ބާކީ އަންހެން ޓީމު ކުޅެން އޮތް މެޗަކީ، ބަންގްލަދޭޝްއާ ކުޅޭ މެޗެވެ. ބަންގްލަދޭޝްއާ ރާއްޖެ ކުޅޭ މެޗު އޮންނާނީ މާދަމާއެވެ.