ads
ރައީސް ނަޝީދު
އެއްބައިވަންތަ ބަޔަކަށްވެ ބައިބައި ވެގަތުމާ ދުރުވާން ގޮވާލަން: ރައީސް ނަޝީދު
ދިވެހި ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ އެއްބައިވަންތަ ދުވަހުގެ މުނާސަބަތުގައި ހުރިހާ ފަރާތްތަކުންވެސް ބައިބައިވެ ގަތުމާ ދުރުވާން ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައިފިއެވެ.

މިދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާއިފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާއަށް ފަހުގައެވެ. މިއަދު މިއީ އެ ނުރައްކާތެރި ކާރިސާއަށް 17 އަހަރު ފުރުނު ދުވަހެވެ. 

މިއަދުގެ މުނާސަބަތާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2004 ވަނަ އަހަރުގެ ސުނާމީގެ ބިރުވެރި ހާދިސާ އަށް ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހުގެ ގޮތުގައި ކަމަށެވެ. އެހެން ކަމުން އެމްޑީޕީ އާއި އެޕާޓީގެ ވާދަވެރިންވެސް ބައިބައި ވުމާއި ނަފްރަތު އުފެދޭ ކަންކަމާއި ދުރުވެ، ސުލްހަވެރި ސިޔާސީ ހަރަކާތުގައި ދެމި ތިބުމަށް ގޮވާލާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވެފައި ވާއިރު، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުމަށް އަސަރުކޮށް ދިވެހިންނަށް އޭގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންގެ އެއްބައި ވަންތަަކަމަށް އޭގެން އަސަރު ކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ، "އިންޑިއާ އައުޓް" ޖަހާފައި ހުންނަ ޓީޝާޓް ލައިގެން ރައީސް ޔާމީން މަގުމަތީގައި އުޅުމުގެ ފުރުސަތު ފުލުހުން ނުދިނުމަށްވެސް ގޮވާލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް