ads
ގާޒީ ހަސަން ފާއިޒު
އަޑު ދިމާނުވާތީ ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ ސަސްޕެންޝަން އުވާލައިފި
މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓުން ހެދި ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ ޙުސައިން ފާއިޒު ރަޝާދުގެ އަޑާ ދިމާނުވާކަމަށް ބަޔާންކޮށްފައިވާތީ އޭނާގެ ސަސްޕެންޝަން އުވާލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސް ސީީ)ން މިއަދު ނިންމައިފިއެވެ.

ޖޭއެއްސސީން މިގޮތަށް ނިންމީ  މެލޭޝިއާއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކޮމިޝަނާ ވަނީ ޙިއްސާކުރުމާ ގުޅިގެންނެވެ.

މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ގާޒީ ޙުސައިން ފާއިޒު ރަޝާދު މިމައްސަލައާ ގުޅިގެން އެކޮމިޝަނުގައި ކުރިން ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓުން ވަނީ ހަދައިފައެވެ. 

ގާޒީ ޙުސައިން ފާއިޒު ރަޝާދުގެސަސްޕެންޑް ކުރީ، އެ އޯޑިއޯތަކުގައި ވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ގާޒީގެ އަޑާ ދިމާވާކަމަށް ޙަވާލާދެވުނު އޯޑިއޯ އެނާލިސިސްގައި ކަނޑައަޅާފައިވާތީއެވެ.

ގާޒީ ޙުސައިން ފާއިޒް ރަޝާދުއާ ސަސްޕެންޑް ކުރީ  05 ނޮވެންބަރު 2021 އިން ފެށިގެން ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރާގޮތަށެވެ.

ގާޒީ ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލުމަށް ނިންމީ އެ ކޮމިޝަނުގެ 102 ވަނަ ބައްދަލުވުމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް