ads
ގާޒީ ސްކޫލް---ފޮޓޯ:ސޯޝަލް މީޑިއާ
ގާޒީ ސްކޫލުގެ ކުއްޖަކަށް ހިމަބިހި ޖެއްހިފައި، 33 ކުދިން ވެކްސިން ފުރިހަމަ ނުކުރޭ!
އިއްޔެ ހިމަބިއްސަށް ޕޮޒިޓިވްވި ދެ މީހުންގެ ތެރޭގައި ގާޒީ ސްކޫލުގެ ދަރިވަރެއް ހިމެނޭ ކަމަށާއި ގާޒީ ސްކޫލުގެ 33 ކުދިން ވެކްސިން ފުރިހަމަ ނުކުރާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހިމަބިއްސަށް ޓެސްޓްކުރެވުނު ފަރާތްތަކުގެ ތެރެއިން އެބައްޔަށް 2 މީހަކު ވަނީޕޮޒިޓިވް ވެފައިކަމަށެވެ. 

އޭގެ ތެރެއިން އެކަކަކީ ހުޅުމާލޭ ގާޒީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންވަނީ މީސްލްސް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ ކަމަށެވެ.

ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެސަރަހައްދެއްގައި އަމަލުކުރަމުން ދާގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވޭނެ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަމަށް ސަރުކާރުން މިމަހު 13 ވަނަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. އަދި މިހާތަނަށް އެބައްޔަށް ޖުމުލަ ހަ މީހަކު ވަނީ ޕޮސިޓިވް ވެފައެވެ. 

ހިމަބިއްސަކީ އެންމެ ފަސޭހައިން ގަޔަންގަޔަށް އަރާ އެއް ބައްޔެވެ. މި ބަލި ޖެހެނީ ނޭވާލާ ނިޒާމުގެ ތެރެއިންނެވެ. ހިމަބިހި ޖެހެނީ "މީސަލްސް ވައިރަސް" ގެ ސަބަބުންނެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް