އަންހެން ޓީމުގެ ފަސްވަނަ މެޗުގައި މިއަދު ހަވީރު ބަލިވީ ބަންގްލަދޭޝްއާ ވާދަކޮށް ތިން ސެޓު ދެ ސެޓުންނެވެ. މިއަދުގެ މެޗުން ރާއްޖެ ބަލިވިނަމަވެސް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިއްވަރު ގަދަ ކުޅުމެކެވެ. މިއަދުގެ މެޗުގެ ކުރިން ކުޅުނު ހަތަރު މެޗުން ކުރެ މެޗަކުން ސެޓެއްވެސް ނުލިބުނު ނަމަވެސް މިއަދު ދެ ސެޓު ހޯދިއިރު، ރާއްޖެއަށް ގެއްލުނު ތިން ސެޓުގައިވެސް ރަނގަޅު ކުޅުމެއް ކުޅުނެވެ.
މުބާރާތުގައި މީގެ ކުރިން އަންހެން ޓީމު ބަލިވެފައިވަނީ ކިރިގިސްތާނު، ލަންކާ، ނޭޕާލު އަދި އުޒްބަކިސްތާނު އަތުންނެވެ. މިއިން ކޮންމެ މެޗަކުންވެސް ދިވެހި ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.