ads
1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔަނީ
މިއަހަރަށް ކަނޑައެޅި ޓާގެޓު ހަމަކޮށް، 2022 ވަނަ އަހަރު 2 މިލިއަނަށް އަމާޒު ހިފައިފި
މިއަހަރަށް ކަނޑައެޅި 1.3 މިލިއަން ފަތުރުވެރިންގެ ޓާގެޓު ހަމަކޮށް، 2022ވަނަ އަހަރު ދެމިލިއަން ފަތުރުވެރިން ރާއްޖެ ގެންނަން އަމާޒު ހިފައިފި އެވެ.

މި އަހަރު ސަރުކާރުން އެންމެ ފުރަތަަމަ އަމާޒު ހިފީ އެއް މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ނަމަވެސް އެ އަމާޒަށް މިދިޔަ އޮކްޓޯބަރު 29ވަނަ ދުވަހު ވާސިލުވެވިފައިވާތީ، މިއަހަރު ނިމުމުގެ ކުރިން މުޅި ޖުމްލަ 1.3 މިލިއަން ޓޫރިސްޓުން ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީން އަމާޒު ހިފިއެވެ. 

ކަނޑައެޅި އެޓާގެޓުވެސް މިއަހަރު ނިމުމަށް އެންމެ ތިން ދުވަހަށް ވެފައިވަނިކޮށް ފުރިހަމަކޮށް 1.3 މިލިއަންވަނަ ފަތުރުވެރިޔާއަށް މިނިސްޓްރީން ވަނީ މިއަދު މަރުހަބާ ކިޔާފައެވެ. 

އެފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު އޮތް ހަރަކާތަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ އަންނަ އަހަރަށް ރާއްޖެ ގެންނެވޭނެ ކަމަށް ލަފާކުރާ ފަތުރުވެރިންގެ އަދަދަކީ ދެ މިލިއަން ކަމަށާއި ސަރުކާރުގެ އަމާޒަކީ ވެސް އެއީ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

އެކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެއްބަސްވެވަޑައިގެން ވިދާޅުވީ ކޮވިޑުގެ އަސަރު ކޮންމެވެސް ވަރަކަށް އަންނަ އަހަރު ވެސް ކުރާނެ ކަމަށާއި، ނަމަވެސް އަލަށް ފެނުނު އޮމިކްރޮން ވޭރިއަންޓާ އެކު ވެސް ރާއްޖޭގެ ޓޫރިޒަމްގެ އޮކިއުޕެންސީ ހުރީ 90 އާއި 95 އިންސައްތައިގައި ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް