ads
އައިޔޫއެމް---ފޮޓޯ:ރައީސް އޮފީސް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 5 އަހަރުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހް ކޮށްފި
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025 އިފްތިތާހް ކޮށްފިއެވެ.

މި ސްޓްރެޓެޖިކް ޕްލޭންގައި ނަތީޖާ ނެރުމަށްޓަކައި ނުވަ ކީ ރިޒަލްޓް އޭރިއާ (ކޭ.އާރް.އޭ) ހިމަނާފައިވެއެވެ.

މި ސްޓްރެޓެޖިކް ޕްލޭނަކީ ޔުނިވަރސިޓީގެ ތަޞައްވަރު އަދި ޔުނިވަރސިޓީން މުސްތަޤުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައެޅި ހާޞިލްކުރަންޖެހޭ ލަނޑުދަނޑި ތައް އެކަށައެޅުމަށްފަހު، އެކަންކަން ހާސިލްކުރެވޭތޯ، ކަށަވަރުކުރުމަށްޓަކައި ތައްޔާރުކުރެވިފައިވާ ޔުނިވަރސިޓީގެ ފަސް އަހަރުގެ ޕްލޭނެވެ.

އެ ޔުނިވަރސިޓީގެ ހޯލްގައި މިރޭ ބޭއްވުނު ޙަފްލާގައި، "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025 " އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަނެވެ.

މިރޭގެ ހަފްލާގައި މި ސްޓްރެޓެޖިކް ޕްލޭންއާއި ގުޅޭ ރިޕޯޓެއް އިއްވުނެވެ. އަދި ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ޑރ. ދީބާ މޫސާ މި ސްޓްރެޓެޖިކް ޕްލޭންގެ ކުރު ތަޢާރަފެއްވެސް ދެއްވިއެވެ. އޭގެ އިތުރުން ހަފްލާގެ ޝަރަފުވެރި މެހެމާން  ހަޔަރ އެޑިޔުކޭޝަން މިނިސްޓަ ޑރ. އިބްރާހިމް ޙަސަން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް