ads
ހައުސިން މިނިސްޓރްީއާއެކު ތިނަދޫ ކައުންސިލުން ބޭއްވި ބައްދަލުވުން
ތިނަދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫއު އަންނައަހަރު ފަށަނީ
ގދ.ތިނަދޫގައި އަންނައަހަރު ބޯހިޔާވަހިކަމުގެ މަޝްރޫއު ފަށާގޮތަށް ހަމަޖެހިފައިވާ ކަމުގައި ތިނަދޫ ކައުންސިލުން ބުނެފިއެވެ.

އިއްޔެ ހައުސިން މިނިސްޓަރާ އެކު ބޭއްވި ބައްދަލުވުމަކަށްފަހު ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ ތިނަދޫގައި ކުރަން ޖެހިފައިވާ ގިނަ ކަންތައް ތަކަކާބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ކައުންސިލްގެ އިސްނެންގެވުމާއެކު ބޯހިޔާވަހި ކަމުގެ މަޝްރޫއުތައް ފެށޭނެ ކަމަށެވެ. 

މިބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރި މަސައްލަތަކުގެ ތެރޭގައި ޖެޓީ ކައިރިން ބިންގަނޑު ދެމޭ މައްސަލަ އާއި، ތިނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ
މަޝްރޫޢުގެ ދަށުން ހިންގާފައިވާ ޕްރޮޖެކްޓުގައި ހުރި މައްސަލަތަކާއި، އަލަށް ހިއްކި ސަރަހައްދު ގިރާ މައްސަލައާއި، ރަށުގެ ބޭރުތޮށި ނުލާ އޮތުމުން
އުދައެރުމުން ރަށަށް ގެއްލުންވާ މައްސަލައިގެ އިތުރުން އިސްލާމީ މަރުކަޒުގެ މިހާރުގެ ހާލަތާއި އެތަނުގެ މަރާމާތު މަސައްކަތާއި ބެހޭ ގޮތުން ވެސް
މަޝްވަރާ ކުރެވުނެވެ. 

ތަރައްޤީކުރުމާއި، އިޔާދަކުރުވަނިވި ހަކަތައިގެ މަޝްރޫޢާ ގުޅިގެން މިސްކިތްތަކުގެ ފުރާޅަށް ގެއްލުން ލިބޭތީ އެކަން ހައްލުކުރުމަށް މިހާރު ރޭވިފައި އޮތް މަޝްރޫޢު މިނިސްޓަރާ ހިއްސާކުރެވުނެވެ.
ތިނަދޫއަށް ދިމާވެފައިވެފައި މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު މިނިސްޓަރ އަސްލަމް ވިދާޅުވީ މިމައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަންނަ އަހަރަށް ޕްލޭންކޮށްފައިވާ ކަންތައްތައް ކައުންސިލާއި ހިއްސާކުރެއްވި ކަމަށް ކައުންސިލުން ބުނެއެވެ.  
ތިނަދޫގައި އަންނަ އަހަރރު ހައްލު ކުރުމަށް ރޭވިފައި ހުރި ކަންތައް ތަކުގެތެރޭގައި އަލަށް ހިއްކި ސަރަހައްދު ގިރާ މައްސަލަ އަދި ރިވެޓްމެންޓް ތިރި މައްސަލަ ކައުންސިލުން އެދޭ ގޮތަށް ހައްލުކޮށްދޭނެކަމަށާއި، ޖެޓީ ކައިރިން ބިންގަނޑު އަޑިޔަށް ދާ މައްސަލަ އެމް.ޓީ.ސީ.ސީ މެދުވެރިކޮށް ހައްލުކޮށްދޭން މަސައްކަތް ކޮށްދޭނެކަމަށް މިނިޓަރު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ބޭރުތޮށި ލުމާއި އިންޑަސްޓްރިއަލް ވިލެޖް ހިއްކުން އަދި ދެކުނު ފަރާތުގެ ރިވެޓްމެންޓް މަސައްކަތް ކައުންސިލުން އެދޭގޮތަށް އަންނަ އަހަރު މަސައްކަތް ފައްޓާނެ ކަމަށާއި، އިސްލާމީ މަރުކަޒުގައި ހުރި މަރާމާތު މަސައްކަތް އެމް.ޓީ.ސީ.ސީއާއެކު އެގްރީމެންޓެއް ހަދައި އަންނަ އަހަރު މަސައްކަތް
ފަށާނެ ކަމަށައި، ކައުންސިލުން އެދޭގޮތަށް ފަޅުތެރޭގައި ތިލަތަންތަން ނަގައި ދޯނިތައް ބީހޭ މައްސަލަ ހައްލުކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް