ads
ސޭފްޓީ ކަލްޗާ ވޯކްޝޮޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުން.. ފޮޓޯ/އެމްޕީއެލް
އެމްޕީއެލްގެ ސޭފްޓީ ކަލްޗާ ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފި
އެމްޕީއެލްގެ ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ "ސޭފްޓީ ކަލްޗާ އަވެއާނެސް ވޯރކްޝޮޕް"ގެ ބައިވެރިންނަށް ވޯކްޝޮޕް ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
Advertisement

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވޯކްޝޮޕް ފުރިހަމަ ކުރި 36 ބައިވެރިންނަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އެމްޕީއެލްގެ އެސިސްޓެން ޖެނެރަލް މެނޭޖަރު މުހައްމަދު މަހުޖޫބު އެވެ.

ހަފްތާއެއްގެ މުއްދަތަށް އެ ކުންފުނިން ކުރިޔަށް ގެންދާ ސޭފްޓީވީކްގެ ފުރަތަމަ ވޯކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށްވެސް ވަނީ ސޭފްޓީ ކަލްޗާ އާއި ބެހޭގޮތުންނާއި ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދީފައެވެ. މީގެއިތުރުން، ކެމިކަލް އަދި އައި.އެމް.ޑީ.ޖީ އާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވާއިރު، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތުވެސް ވަނީ ދީފައެވެ. 

އެމްޕީއެލް އިން ބުނީ ވޯކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީ އަހުލުވެރިކުރުމަށް ސެޝަންތައް ހިންގުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ ބޭފުޅުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށެވެ. މީގެއިތުރުން، ކުންފުނިތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައް ބަލާލުމަށްޓަކައި އެންސިސް ފިޝަރީޒް އަށް ވޯރކްޝޮޕްގެ ބައިވެރިން ވަނީ ގޮސްފައިވާކަމަށް އެމްޕީއެލްއިން ބުނެއެވެ. 

your imageސޭފްޓީ ކަލްޗާ ވޯކްޝޮޕް ނިންމި ބައިވެރިންނަށް ސެޓްފިކެޓް ދިނުން.. ފޮޓޯ/އެމްޕީއެލް

އެ ކުންފުނިން ބުނީ މި ވޯކްޝޮޕްގެ ތެރެއިން ސައިބާ ސެކިއުރިޓީ އާއި ގުޅިގެން މައުލޫމާތާއި ، ޓީމް ބިލްޑިން އެކްޓިވިޓީސްތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.

ސޭފްޓީވީކްގެ އިތުރު، ވޯކްޝޮޕްތަކެއް މި ހަފްތާ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަސްޓް އެއިޑް ޓްރެއިނިން ކުންފުނީގެ އެކި މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން ނޭޝަނަލް ޑިޒާސްޓަމެނޭޖްމަންޓްގެ ފަރާތުން ބާއްވާ އެވައާނެސް ސެޝަނަކާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވައާނެސް ސެޝަނެއްގެ އިތުރުން ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުން ކަމުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް