ads
އަކްޝޭގެ އާއިލާ ރާއްޖެ އައީ އާ އަހަރު ފާހަގަކުރުމުގެ އިތުރުން ޓްވިންކަލްގެ އުފަންދުވަސް ފާހަގަކުރަން..
އާ އަހަރާއި ދިމާކޮށް އަކްޝޭގެ އާއިލާވެސް ރާއްޖެގައި
ބޮލީވުޑްގައި ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި އޭނާގެ ކުޑަ އާއިލާ އާ އަހަރާ ދިމާކޮށް ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފިއެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އާ އަހަރު ފާހަގަ ކުރުމުގެ އިތުރުން އަކްޝޭގެ އަންހެނުން ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އުފަން ދުވަސް ވެސް މި ޗުއްޓީގެ ތެރެއިން ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ. ޓްވިންކަލްގެ އުފަން ދުވަހަކީ މާދަމާ އެވެ.

އަކްޝޭ އަދި ޓްވިންކަލް ގެ އިތުރުން އަންހެން ދަރިފުޅު ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާގެ ކޮންމެވެސް ރިސޯޓެއްގައި ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މި ދެމަފިރިން އަންނަނީ ރާއްޖޭގެ ހިތްގައިމުކަން އެމީހުންގެ އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނަށް ދައްކަމުންނެވެ. އެގޮތުން އަކްޝޭ ފާލަމެއްގެ މަތިން ބައިސްކަލެއް ދުއްވާ ވީޑިއޯއެއް އާންމުކޮށްފައިވާއިރު ޓްވިންކަލް ވެސް ވަނީ ފާލަމެއްގެ މަތިން ހިނގާފައި އައިސް ދަރިފުޅުގެ ގައިގައި ބައްދާލާ ވީޑިއޯއެއް އާންމުކޮށްފައެވެ.

މި ނޫނަސް އަކްޝޭ ވަނީ އެކި ފަހަރު މަތިން އާއިލާ ގޮވައިގެން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ. އެގޮތުން އެއްފަރެއްގައި ޓްވިންކަލްގެ މަންމަ ފަރާތުގެ ގިނަ ބަޔަކާއެކު ވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރިކަން ފާހަގަކޮށްލެވެއެވެ.

އަކްޝޭގެ ފާހަގަކޮށްލެވޭ  ފިލްމުތަކެއް މި އަހަރުވެސް ވަނީ ރިލީޒްކޮށްފައެވެ. އެގޮތުން "ބެލް ބޮޓަމް" އާއި "ސޫރިޔަވަންޝީ" އަކީ ބެލުންތެރިންގެ ތެރޭގައި މަގުބޫލުވި ފިލްމުތައް ކަން ފާހަގަކޮށްލެވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް