ads
ސޮމޯކިން ބޫތެެއް: ---
މާލޭގައި ދުންފަތުގެ އިސްތިއުމާލު ކުރަން ކޮޓަރިތަކެއް އަޅަނީ
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ގާއިމް ކުރުމަށްޓަަކައި އެޗްޕީއޭއާއި އެކު މަޝްވަރާކޮށްފައިވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement
މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހާއްސަ ބޫތުތަކެއް (ކޮޓަރި) ގާއިމް ކުރުމަށްޓަަކައި އެޗްޕީއޭއާއި އެކު މަޝްވަރާކޮށްފައިވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާޢު ޝަރީފް ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރުން ލަސްވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޓޮބޭކޯ ބޯޑުން ނިންމަންޖެހޭ ކަންތައްތަކެއް ނިންމުން ލަސްވަމުންދާތީ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފައިވެއެެވެ.

އެންމެ ފަހުގެ މައުލޫމާތު ސީއެންއެމުން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމާޢު ވިދާޅުވީ މާލޭގެ މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އެޗްޕީއޭއާއި ހަވާލުކޮށްފައިވާއިރު ދުންފަތުގެ އިސްތިއުމާލު ކުރުމަށް ޙާއްސަ ބޫތުތަކެއް ގާއިމްކުރުމަށް މަޝްވަރާކޮށްފައި ވާނޭ ކަމަށެވެ.

އަދި އެ ބޫތުތަކުގެ މަސައްކަތް ނިމުމާއެކު އެކަން ތަންފީޒު ކުރުމަށް އޭރު ރާވާފައިވާނެ ކަމަށް ޝަމާޢު ވިދާޅުވިއެވެ. މާލޭގެ މަގުތަކުގައި ދުންފަތު އިސްތިއުމާލް ކުރުން މަނާކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ރެ އެވެ.

ސިޓީ ކައުންސިލްގެ މިނިންމުމަށް އަމަލުކުރުމަށް ހަމަސް ދުވަސް އޭރު ދީފައިވެ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު މިއަދާ ހަމައަށް ވެސް މިނިންމުން ތަންފީޒުކޮށްފައެއް ނުވެ އެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފް ހުށަހެޅުއްވި މި ހުށަހެޅުން ފާސްކުރީ ކައުންސިލްގެ އެރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 8 މެންބަރުންގެ އިއްތިފާގުންނެވެ.

ނަމަވެސް އެ ބައްދަލުވުމުގައި މާލޭގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އާއްމުން އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ވެސް ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ މިހާރު ވެސް ޖޫރިމަނާ ކުރުމަށް ގާނޫނީ ހުރަހެއް ނެތެެވެ. ނަމަވެސް އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށް ފާސްކޮށްފައިވާ ގާނޫނު އެންމެ ރަނގަޅަށް ތަންފީޒު ކުރާ ތަނެއް ނުފެނެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ 500 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ރެސްޓޯރެންޓްތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ ޖޫރިމަނާ ކުރުމުގެ ފުރުސަތު ވެސް ގާނޫނުގައި ދީފައިވެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު ފާސްކުރީ 2010 ވަނަ އަހަރު އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ހަރުކަށި ގަވައިދެއް މީގެ ކުރިން ވަނީ ގެޒެޓްވެސް ކޮށްފަ އެވެ. އެ ގަވައިދުގެ ދަށުން މިހާރު ވަކިން ސިނގިރޭޓް ވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހެލްތް މިނިސްޓްރިއާއި ސިޓީ ކައުންސިލްއާއި ދެމެދު މިހާތަނަށް ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. ނަމަވެސް މިކަން ތަންފީޒު ކުރުމަށްޓަކައި ނަގަންޖެހޭ ޒިންމާ އަދާ ނުކުރެވިގެން އުޅެނީ ކީއްވެގެން ކަމެއް އަދި މިހާތަނަށް ސާފުވާގޮތެއް ނުވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް