ads
މިނިސްޓަރު ނަސީމް ޕްރެސްގައި ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ސޮއިކުރައްވާ ނެރެފައިވާ ގަރާރުގައި ބުނެފައިވަނީ،  2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 29ގެ ނިޔަަލަށް ކުއްލި ހާލަތުގެ މުއްދަތު އިތުރު ކުރަން ނިންމާފައި ވާކަމަށެވެ. 

މީގެ އިތުރުން ގަރާރުގައި ބުނެފައިވަނީ، އަދިވެސް ރާއްޖޭގައި ބަލިމަޑުކަން ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށާއި، އެހެން ކަމުން މި ނުރައްކާ ކުޑަ ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާ އަރުވާފައި ވާކަމަށެވެ. 

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އެންމެ ފުރަތަމަ އިއުލާން ކުރީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އޭގެ ފަހުން އަންނަނީ ކޮންމެ މަހަކުން މި މުއްދައް އިތުރު ކުރަމުންނެވެ. 

މާލެ ސަރަހައްދުގައި ކޮވިޑް ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަތޮޅުތެރެއިން ފެންނަ ކޭސްތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. 

އެންމެ ފަހުން އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މާލެ ސަރަހައްދުން ބައްޔަށް ޕޮޒިޓިވްވެފައިވަނީ 44 މީހެކެވެ. އަތޮޅުތެރެއިން 73 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. 2.079 އެކްޓިވް ކޭހެއް އޮތް އިރު، އެޑްމިޓުކޮށްގެން 08 މީހަކަށް ގެންދަނީ ފަރުވާދެމުންނެވެ. މިހާތަނަށް އައި އިރު މި ބަލީގައި 261 މީހަކު ވަނީ ނިޔާވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް