އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ކ. މާފުށްޓަށް އަލަަށް އިތުރު ކުރެވުނު ބިން އަދި ޕިކްނިކް އައިލެންޑް ރަސްމީކޮށް މާފުށީ ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އަދި ސަރުކާރުން މާފުށީގައި ޤާއިމުކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވާނެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، މާފުށީ ޖަލަށާއި މާފުށީ ހެލްތު ސެންޓަރަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ވެސް ބައްލަވާލައްވާނެއެވެ.
މި ދަތުރުފުޅުގައި މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި ކެބިނެޓްގެ މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.