ads
އަލީ މުހައްމަދު، ކަރުންވަޅު ތޮރުފަންދާން އެހީއަކަށް ބޭނުންވެފައި..
ދެ ލޮލުގެ ކަރުނަވަޅު ތޮރުފަން ޖެހިފައި، ބޭނުމީ އެހީއެއް!
އދ. ފެންފުއްޓަށް އުފަން އަލީ މުހައްމަދަކީ ވެސް ތަފާތު ބައްޔެއްގެ ވޭން ތަހައްމަލު ކުރަމުން އަންނަ ފަރާތެކެވެ. އަލީގެ ބަލި ކުޑައެއް ނޫނެވެ. ހުންނަނީ ބިރުބޮޑު މައްސަލައެކެވެ. ނާޒުކު ގުނަވަނެއް ކަމަށްވާ ލޮލަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

އުމުރުން 62 އަހަރުގެ އަލީގެ ލޮލުގެ ފެނުން ދަށްވާތީ ޑޮކްޓަރަށް ދެއްކެމުން ދެ ލޯވެސް ވަނީ 2016 ވަނަ އަހަރު އޮޕަރޭޝަން ކޮށްފައެވެ. އޭގެ ފަހުން ދެލޮލަށް ވެސް ވަނީ ލެންސު ލައްވާފައެވެ.

އެހެން ނަމަވެސް އަލީގެ ލޮލަށް ލުޔެއް ނުލިބޭކަމީ އުމުރުން ދުވަސްވަމުންދާއިރު އެކަމުގެ ވޭނާއި ހިތްދަތިކަން އިންތިހާއަށް ތަހައްމަލު ކުރަންޖެހިފައިވާ ކަމަކެވެ.

"ސީއެންއެމް" އަށް ވާހަކަ ދައްކަމުން އަލީ ބުނީ، އޮޕަރޭޝަނަށް ފަހުގައި ވެސް އޭނާގެ ލޮލަށް ފަސޭހައެއް ނުލިބޭ ކަމަށާއި މިއަދާ ޖެހެންދެން ވެސް އެކަމުގެ ތެރޭގައި ދުވަސްތައް ގުނަމުންދާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ލެންސް ލައްވާފައިވާ ނަމަވެސް ދެ ލޮލަށް ވެސް ފެން ޖަމާވެފައި ހުންނަ ކަމަށާއި ކަރުނަވަޅު ބެދެން އުޅޭ ކަމަށެވެ. 

your imageއަލީ މުހައްމަދަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކެއް…

"ކަރުނަވަޅު ބެދެން އުޅެނީ، ފެން އައިސް އަބަދު ފޮހެން ޖެހޭތީ ބޭބެގެ ލޮލުގަ ޖަރާސީމުވެސް އުފެދޭ" އަލީ ކިޔައިދިނެއެވެ.

އަލީގެ އަންހެން ދަރިފުޅު ސީއެންއެމް އަށް ބުނީ، ބައްޕައަށް އުނދަގޫވާތީ މާލޭގެ ހޮސްޕިޓަލްތަކަށް ވެސް ދެއްކިއްޖެ ކަމަށާއި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އިންޑިއާ އަށް ގޮސް އެތަނުގެ ހޮސްޕިޓަލަކަށް އަނެއްކާވެސް ދައްކާފައިވާ ކަމަށެވެ.

އިންޑިއާގެ ޗައިޗަނިޔާ ހޮސްޕިޓަލުގެ ޑޮކްޓަރުން މިފަހަރު ދެންނެވީ ކަރުނަވަޅު ބެދެން ދިމާވާ ސަބަބުތައް ހުރުމުން ޖެހޭނީ ދެ ލޮލުގެ ވެސް ކަރުނަވަޅު ތޮރުފަން ކަމަށެވެ.

"އަޅުގަނޑުމެން ކައިރި ޑޮކްޓަރުން ދެންނެވި ބައްޕަގެ ކަރުނަވަޅު ތޮރުފަން ވީހާވެސް އަވަހަށް. އެ ދަތުރުގައި ވެސް އެ އޮޕަރޭޝަން ކުރަން ބުނި. އެކަމަކު އަޅުގަނޑުމެންގެ އަތުގަ އެ ދަތުރުގެ ތެރޭގައި އެކަން ކުރާނެ ފައިސާއެއް ނެތް" އޭނާ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ އެހެންވެ ޑޮކްޓަރުން ދެއްވީ ތިން މަސް ދުވަހަށް ލޮލަށް އަޅާ ބޭސް ކަމަށާއި އެހެން ނަމަވެސް ފައިސާގެ ކަންކަން ހަމަ ޖެހިއްޖެނަމަ އަވަހަށް ކަރުނަވަޅު ތޮރުފަން ލަފާދެއްވި ކަމަށެވެ. އެހެން ނަމަވެސް މިވަގުތު މާލީ ހާލަތު އެކަމަށް ތަން ނުދޭ ކަމަށް އޭނާ ބުންޏެވެ.

"ބައްޕަ އަށް ވަރަށް އުނދަގޫވާތީ އުޅޭނީ، މިފަހަރު ބޭރުން އައިންސުރެއް އަޅުގަނޑު ކައިރީގައި މާލޭގަ އެ މަޑުކުރަނީ އަދި، ނިދާ ހޭލާފަވެސް ބުނާނެ ލޯ ހުންނަނީ ވަރަށް ބޮޑަށް ހިކިފައޭ. ވަރަށް ދެރަވޭ ބައްޕަގެ އެ ހާލު ގާތުން ފެނުނީމަ" އަލީގެ އަންހެން ދަރިފުޅު ކިޔައިދިނެވެ.

your imageއަލީ މުހައްމަދަށް ޑޮކްޓަރުން ދެއްވާފައިވާ ލިޔުންތަކެއް

ފުރަތަމަ ލޮލުގެ އޮޕަރޭޝަނަށް ވެސް އާންމުންގެ ފަރާތްތަކުން ލިބުނު މާލީ އެހީތެރިކަމަށް ޝުކުރުވެރިވަމުން އަލީ އަނެއްކާވެސް އެދެނީ އޭނާގެ ކުރިއަށް ކުރަން ހަމަޖެހިފައިވާ ބޮޑު އޮޕަރޭޝަނަށް ދީލަތި ފަރާތްތަކުގެ ކޮންމެވެސް އެހީތެރިކަމަކަށެވެ.

އިންޑިއާއަށް ގޮސް ތިބުމާއި ކެއުމުގެ އިތުރުން ދަތުރުފަތުރު ކުރާނެ ފައިސާ ލިބޭނެހާ ތަނަވަސްކަން މިވަގުތު އާއިލާގައި ނެތުމުން އުމުރުން ދުވަސްވެފައިވާ އަލީ ބޭނުންވަނީ އޭނާ މިހާރު ތަހައްމަލު ކުރަމުންދާ އުނދަގޫކަމުން އަވަހަށް ސަލާމަތްވުމަށް ޑޮކްޓަރުން ލަފާދެއްވި ހެން ކަރުނަވަޅު ތޮރުފާށެވެ. ދީލަތި ފަރާތްތަކުގެ ކުޑަ ނަމަވެސް އެހީތެރިކަމަކަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް:

އަލީ މުހައްމަދު: 9315278 960+ / 9399278

ބީއެމްއެލް (ދިވެހި ރުފިޔާ) އެކައުންޓް ނަންބަރު: 7730000168806

މުހައްމަދު އަލީ އާއި އޭނާގެ އާއިލާ އެދެނީ ފައިސާގެ ގޮތުން އެހީވެދެވެން ނެތްނަމަވެސް، ހެޔޮ ދުއާ ކޮށްދިނުމެވެ.

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް