ads
ފްލައިން ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތު
ފުރަތަމަ ދިވެހި ފްލައިން ސްކޫލް ހުޅުވައިފި
އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން އުފެއްދި ފުރަތަމަ ދިވެހި ފްލައިން ސްކޫލު، "މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ" ހުޅުވައިފި އެވެ.
Advertisement

އޭޝިއަން އެކަޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން އައްޑޫގައި ހިންގި ފްލައިން ސްކޫލްގެ އެއްބަސްވުން އެ ސްކޫލް ފަހުން ހިންގަން ހަވާލުވި އެވިޑް ކޮލެޖުން ބާތިލްކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެތެރޭގަ އެވެ. 

މިއަދު އަލަށް ހުޅުވިގެން ދިޔަ ފުރަތަމަ ދިވެހިންގެ ފްލައިން ސްކޫލު އިފްތިތާހުކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ، ދިގު އިންތިޒާރަކަށްފަހު މިއަދަކީ ދިވެހި ރާއްޖެއަށް ވަރަށް އުފާވެެރި ދުވަހެއް ކަމަށާއި، ދިވެހިންގެ ފްލައިން ސްކޫލެއް މިއަދު ހުޅުވިގެންދިޔައީ އެކަމަށްޓަކައި ކުރި ބުރަ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. 

މި ފްލައިން ސްކޫލު މެދުވެރިކޮށް މިވަގުތު ފްލައިން ޓްރެއިން އެކަނި ހެދުނު ނަމަވެސް މުސްތަގުބޮލުގައި، އިންޖިނިއަރިންއާއި އެހެނިހެން ޓްރެއިނިން ޕްރޮގްރާމްތައްވެސް ހިމެނޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެ އެކަޑަމީން ކިޔަވަން ބޭނުންވާ ކުދިންނަށް ފުރުސަތު ހުޅުވާލާފައި ވީނަމަވެސް ފުރަތަމަ އިސްކަމެއް ދޭނީ ކިޔެވުން މެދުކެނޑިފައިވާ ދަރިވަރުންނަށް ކަމަށް މުހައްމަދު ވިދާޅުވިއެވެ. 

އެ ސްކޫލަށް ބޭނުންވާ މަލްޓި އިންޖީން އެއާކްރާފްޓެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރައްވަމުން މުހައްމަދު ވިދާޅުވީ ސިންގަލް އިންޖީނުގެ ތިން ބޯޓު ވެސް އަންނަ ޖެނުއަރީ މަހު ގަމަށް ފޯރާނެ ކަމަށެވެ.

ދިވެހިންގެ ފުރަތަމަ ފްލައިން ސްކޫލު މެދުވެރިކޮށް އަހަރަކު 80 ކުދިންނަށް ޖާގަ ހުޅުވާލެވިގެންދާއިރު، ފުރަތަމަ ބެޗުގައި 30 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. 

މި ސްކޫލުގެ ކޯސްތައް ހިންގާނީ ޗެކް ރިޕަބްލިކުގެ ފްލައިން އެކަޑަމީއާއި ގުޅިގެންނެވެ. އަދި އެއާކްރާފްޓް މެއިންޓެނަންސް އާއި ސޭފްޓީ ރެގިއުލޭޝަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުންނެވެ. 

އޭއޭއޭ ފްލައިންގް ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ބޮޑުވެފައި ވަނިކޮށް އެވިޑު ކޮލެޖުން އޭއޭއޭގެ އަތުން އެ ސްކޫލް ގަނެ ހިންގުމާއި ހަވާލުވިއެވެ. ނަމަވެސް، ތަމްރީންތަކަށް ސިވިލް އޭވިއޭޝަނުން އެވިޑް ކޮލެޖަށް ލައިސަންސް ދޫކޮށްފައެއް ނުވެއެވެ. އަދި ފްލައިން ހިންގަން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އިމާރާތެއް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ވެސް ހަމަވެގެން އެ ސްކޫލް ހިންގަން ދަތިތަކެއް ކުރިމަތިވީ އެވެ. އެހެންވެ ދެ ފަރާތުން އެއްބަސްވެގެން އެއްބަސްވުން އުވާލީ އެވެ.

އޭއޭއޭގެ މިލްކިއްޔާތު އެއްކޮށް ގަނެ އެތަނުގެ ހިންގުމާ އެވިޑް ކޮލެޖުން ހަވާލުވެފައި ވަނީ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ. އޭއޭއޭ އާއި އެކު އެ ކުންފުނިން ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އައްޑޫ އެއާޕޯޓް ކުންފުނީގެ ބޯޑުން ނިންމާފައިވާއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވަނީ މިދިޔަ ޖުލައި މަހުގެ ނިޔަލަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް