ads
ހުޅުމާލޭގައި އަޅާ 4000 ޔުނިޓުގެ އެޑްވާންސްފައިސާ ވަނީ ފައިސާ ދައްކާފައި
ހުޅުމާލޭގައި ހަދާ 4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިން ޔުނިޓްގެ އެޑްވާންސް ފައިސާ ދައްކައިފި އެވެ.

ފަހި ދިރިއުޅުން ކޯރޕަރޭޝަނާއި އެން.ބީ.ސީ.ސީ (އިންޑިއާ) އާއި ދެމެދު 2000 ހައުސިން ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓް 15 ޑިސެންބަރު 2021ގައި ވަނީ ދައްކައިފައެވެ. 

އަދި މިކޯރޕަރޭޝަނުން ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑާއެކު 2000 ހައުސިންގ ޔުނިޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ 9 ޑިސެންބަރުގައި 2021ގައި ވަނީ ދައްކާފައެވެ.
ބީ.ސީ.ސީ އަދި އެފް.ޑީ.ސީ-ޖީ.އެމް.ސީ މަޝްރޫއުގެ ދަށުން ޖުމްލަކޮށް 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ މަޝްރޫއުއެއްގައި 500 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހިމެނޭނެއެވެ. 

މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫޢުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް ޓްލެޓްތަކާއި، ޕާކިންއެވެ. މިއިން ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު އިމާރާތްކުރާއިރު 2 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، 3 ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތްކުރެވިގެންދާނެއެވެ. އަދި މިއިން ކޮންމެ ޓަވަރެއް ޑިޒައިންކުރެވިފައިވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށް، ކޮންމެ ޓަވަރެއްގައި 3 ލިފްޓް ހިމަނައިގެންނެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ. އެފް.ޑީ.ސީއިން މިހާރު ދަނީ މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް