ads
މަޖލީހުގެ މިނިވަން މުއައްސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލަވުމުގެ ތެރެއިން
އޭސީސީއާ އިީސީގެ މެމްބަރުތަކެއް ވަކިކުރަން ފާސްކޮށްފި
އެންޓިކޮރްޕަޝަން ކޮމިޝަންގެ ނައިބްރައީސް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ފާސްކޮށްފިއެވެ.
Advertisement

އެންޓިކޮރްޕަޝަން ކޮމިޝަންގެ ނައިބްރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ކޮމެޓީއަށް ފޮނުވީ މި މަހުގެ 12ވަނަ ދުވަހުއެވެ. 

މި މައްސަލާފައި މިއަދު ބޭއްވި މިނިވަން މުއައްސާރތަކުގެ ކޮމެޓީގެ ބައްދަލވުން ގެންދިޔައީ ސިއްރުކޮށްގެންނެވެ. ކޮމެޓީން ވަނީ އޭސީސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އެ ކޮމިޝަންގެ މެމްބަރު ތާހާ މުހައްމަދު މަގާމުން ވަކިކުރަން ނިންމާފައެވެ. 

މީގެެއިތުރުން އިލެކްޝަންސްގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ ދެ މެމްބަރުންކަމަށްވާ ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފްވެސް މަގާމުން ވަކިކުރަން ކޮމެޓީން ވަނީ ނިންމާފައެވެ. 

އޭސީސީ އާއި އީސީން ވަކިކުރަން ފެންނަކަމަށް ކޮމެޓީން ނިންމި ހުރިހާ މެމްބަރުން އެ މަގާމުތަކަށް އައްޔަންކޮށްފައިވަނީ މިދިޔަ ސަރުކާރުންނެވެ. މި މެމްބަރުންތައް ވަކިކުރަން ނިންމާފައިވަނީ އެ މެމްބަރުންނާއި ގުޅިގެން ހުށައެޅި ސުލޫކީ މައްސަލަތަކެއް ބެލުމަށްފަހުއެވެ. އެ މައްސަލަ ތަކުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

ކޮމެޓީއަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވަކިކުރުމަށްވެސް ކޮމިޓީއަށް ހުށައެޅުނެވެ. އެހެންނަމަވެސް އެ ކޮމެޓީން ނިންމީ އޭނާ މަގާމުން ވަކި ނުކުރާށެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަން އާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް އެ ދެ ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިސްލާހުވެސް މިނިވަން މުއްސަސާތަކުގެ ކޮމެޓީން ވަނީ ފާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް