ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
ލަމްހާގެ މައްސަލަ އެންމެފަހުން ފަނޑިޔާރުންގެ މަޖިލީހަށް
އައިޖީއެމްއެޗްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ އަބްދުއްރަހްމާން ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ބަލައިނުގަން ނިންމި އެ މައްސަލަ އެކޯޓުގެ ފަނޑިޔާރުންގެ މަޖިލިހަށް ހުށައަަޅަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
Advertisement

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ލަމްހާގެ ދަށުކޯޓުން ދޫކޮށްލީ ދައުލަތުގެ ގިނަ ހެކިންތަކެއްގެ ހެކިބަސް ނެގިފައިވާތީ އާއި ބާކީ ތިބި ހެކިންނަކީ ބަންދުން ދޫކޮށްލިޔަސް ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ކުޑަ ހެކިތަކަކަށް ވާތީ ކަމަށް ކަނޑައެޅުމަށްފަހުއެވެ. 

ދަށުކޯޓުގެ މި ނިންމުން ބާތިލުކޮށްދިނުމަށް އެދި ޕީޖީ އޮފީހުން މި މައްސަލަ ހައިކޯޓަށް ހުށައެޅި މިމަހުގެ 14 ވަނަދުވަހުއެވެ. އެ މައްސަލަ ބަލައިނުގަތުމަށް ނިންމާ ހައިކޯޓްގެ ރަޖިސްޓްރާ ވަނީ އެ މައްސަަލަ ބޭރުކޮށްލާފައެވެ. އެގޮތަށް ނިންމާފައިވަނީ ލަމްހާ ބަންދުން ދޫކޮށްލުމުގައި ދަށުކޯޓުގެ ފަނޑިޔާރު ގާނޫނީ ގޮތުން ހަދާފައިވަނީ ކޮން ގޯހެއްކަން ޕީޖީ އޮފީހުން ހުށަހެޅި އިސްތިއުނާފްގައި ބަޔާންކޮށްދީފައި ނުވާތީކަމަށް ފާހަގަކުރުމަށްފަހުއެވެ. 

ޕީޖީ އޮފީހުން ބުނީ ހައިކޯޓްގެ ރަޖިސްޓްރާގެ ނިންމުން މުރާޖާކޮށްދިނުމަށް އެދި އެކޯޓްގެ ފަންޑިޔާރުންގެ މަޖިލިހަށް ހުށައަޅަން ނިންމާފައިވާކަމަށެވެ. އަދި މި ހުށައެޅުން މިއަދު ހުށައަޅާނެކަމަށްވެސް  ޕީޖީ އޮފީހުން ބުނެއެވެ. 

ދަށުކޯޓުން ލަމްހާ ދޫކޮށްލާފައި ވަނީ ހަ ޝަރުތަކާ އެކުގައެވެ. އެއީ އޭނާ ރާއްޖެއިން ފުރައިގެން ނުދިއުމާއި، ގާނޫނާ ހިލާފު އަމަލެއް ނުކުރުމާއި، ކޯޓަށް ގަޑިއަށް ހާޒިރުވުމާއި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމާއި، މައްސަލައިގެ ހެކިންނާއި މޭރީގެ އާއިލާއާ ބައްދަލު ނުކުރުމާއި، ވަކި ގަޑިތަކެއްގައި ގޭގައި ހުރުމެވެ.

ދައުލަތުން މި މައްސަލާގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އޭގެ ތެރޭގައި މޭރީގެ މަރުގައި އެހީތެރިވެދިނުމުގެ ދައުވާ ހިމެނެއެވެ. މި މައްސަލާގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކޮށްފައި ވެއެވެ.

މި މައްސަލައިގައި ލަމްހާ ކުރިންވެސް ދޫކޮށްލުމުން ދައުލަތުން ހައިކޯޓަށް ގޮސްގެން އަލުން ލަމްހާ ބަންދު ކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް