ads
އޭޑްސް ބަލީގެ ވޭނުގައި ބަރުބާދުވި ދިރިއުޅުން............
އޭޑްސް ބަލީގެ ވޭނުގައި، ބަރުބާދުވި ދިރިއުޅުން!
އޭނާގެ އުފާވެރި ދިރިއުޅުން ކަށިކުބުރު ބިޔަ ޖަންގައްޔަކަށް ބަދަލުވީ، އާއިޝަތު ޝާނާ (އަސްލު ނަމެއް ނޫން) އޭނާގެ އެތެރެ ހަށްޓަށް ވާސިލުވި، ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ބަލި ކަމަށްވާ އޭޑްސް ބަލީގައި ވޭނުގައި އެތައް ދުވަހަކު އުޅެ ކައިވެނީގެ އުފާވެރި، ރަހަ ވެސް ނުލިބި އެވެ. ޝާނާގެ ބަދުނަސީބު ހަޔާތުން އޭނާ އަށް އުފަލެއް އޮތީ ހަމައެކަނި މަރުގެ ތައްމަތީގައި ކަން ޔަގީނެވެ.

ޖެހޭވައިގެ ފިނިކަމުގައި ޝާނާ އެއިނީ ދާނެ ވަކި މަންޒިލެއް އަދި ކުރާނެ ވަކިކަމެއް ނޭނގިފައެވެ. އެ ފިނީގެ ތެރެއިން ޝާނާގެ ހިތް ރޮއްވާލަ އެވެ. ޝާނާގެ ބަދުނަސީބު މާޒީން، އޭނާގެ ހިތަށް ސިފަ ވަނީ ކަޅުކަމާއި އަނދިރި ކަމެވެ. ނޭނގުމާއި އަނދިރި ކަމުގެ ތެރެއިން ޝާނާ ގަންބައިގަތީ ފުން ކަނޑެއްގެ ތެރެއަށެވެ. 

އެއި މީގެ އަހަރުތަކެއް ކުރިއެވެ. ނަމަވެސް މިއަދު ޝާނާ އެމާޒީ އަށް ވިސްނުން ނޫން ކަމެއް އޭނާ އަކަށް ނެތެވެ. ޝާނާގެ މަޖުބޫރު ހަޔާތަށް އުފާ ކޮށްދޭނެ ފިރިއެއް ދަރިއެއް ނެތެވެ. ސްކޫލް މާހައުލު ނިމި އޭނާ މީހަކާއި ކައިވެނީގެ ގޮތުން ގުޅުނީ، މައިން ބަފައިންގެ އެދުމުގެ މަތިން ބަލި ބަައްޕައަށް ލިބޭ މަދު ލާރި ކޮޅުން، ދިރިއުޅުމުގެ ކަންކަން ނުބެލެހެއްޓޭތީ އެވެ. ޝާނާ އަށް ވުރެ ކުޑައަށް ތިބި ކުދިންނަށް ދިރިއުޅުމުގެ ކަންކަން ބެލެހެއްޓޭނެ ހަމަ އެކަނި ގޮތަކީ އެއީ ކަމަށްވާތީ އެވެ.

ކައިވެންޏަށް ފަހު ޝާނާ ދިރިއުޅުން މުޅިން އެހެން ގެއަކަށް ބަދަލުވެ ގެވެހި އަންބެއްގެ ގޮތުގައި އޭނާ ވަގުތު ހޭދަކުރަމުން ދިޔައިރު، ފިރިމީހާ މަސައްކަތް ކުރަމުން ދިޔައީ ރިސޯޓެއްގައެވެ. ޝާނާގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. އޭނާގެ އުފާވެރި ދިރިއުޅުމުން މައިންބަފައިންނާއި ކުޑައަށް ތިބި ކުދިންގެ ހުރިހާކަމެއް ބެލެހެއްޓެވެ. 

އެގޮތުގައި ދުވަސްތައް ހޭދަކުރަމުން ދިޔައިރު، ޝާނާއަށް މަދު އެއްވެސް އެއްޗެއް ނެތެވެ. ކޮންމެ ހަފްތާ ބަންދަކު ޝާނާގެ ފިރިމީހާ އޭނާ އަށް ބައްދަލުކުރުމަށް އާދެއެވެ. ކައިވެއްޏަށް ތިން މަސް ވެގެން ދިޔައިރު ޝާނާ ބަލިވާން ފެށި އެވެ. ބޮލުގައި ގަދައަށް ރިއްސާފައި ހޮޑުލެވެން ފެށުނެއެވެ. ކުޑަ ދަރިއަކު ލިބެން އުޅޭކަމަށް ޝާނާ އަށް ހީވިއެވެ. 

ހަފްތާ ބަންދަށް ފިރިމީހާ ރަށަށް އަންނަން ދެން މަޑުކުރީ އެވެ. މާބޮޑަށް ވަރު ބަލިވާން ފަށައިފިއެވެ. ޝާނާ އަށް ކެތް ނުކުރެވުމުން މަންމަމެން ގެއަށް ދިޔައީ އެކަނި ހާލަށް ނޫޅެވިގެންނެވެ. އެގޮތުގައި އެއް މަސް ވެގެން ދިޔައިރު، ވެސް އަޖުވަދު ރަށަކަށް ނާދެއެވެ.

ޝާނާގެ ބަލީގެ ހާލަތު މާބޮޑުވެ،  ބައްޕަ ޝާނާ ގޮވައިގެން މާލެ އަންނަން ފުރި އެވެ. ޝާނާ މެންނަށް މާލެ އާދެވުނީ ތިން ދުވަހުގެ ދިގު ދަތުރަކަށް ފަހު އެވެ. މާލެ އައިސް ޝާނާ ޑޮކްޓަރަށް ދެއްކި އެވެ. ޑޮކްޓަރު ގެ ގިނަ ސުވާލުތަކާ އެކު ޓެސްޓްތައް ހަދަމުން ދިޔައެވެ. އެންމެ ފަހު ޓެސްޓް ނަތީޖާ އާ އެކު ޝާނާ އަށް ހީވީ އެޭނާގެ ބޮލަށް ދުނިޔެ ވެއްޓުނު ހެންނެވެ. 

ބައްޕައަށް މަންމައަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ. ނަމަވެސް ކުރާނެ އެއްކަމެއް ވެސް ނެތެވެ. އެ މީހުންނަޓަކާއި ޝާނާ ވި ގުރުބާނީގެ ނަތީޖާ ވަރަށް ހިއްޗެވެ. މިދުނިޔެ މަތިން ޝާނާ އަށް އޮތީ ކަރުނަ އެވެ. ވޭނާއި ހިތްދަތިކަމެވެ. ޝާނާ އަކީ ދުނިޔޭގައި ފަރުވާ އެއްނެތް ހަމައެކަނި ބަލި އޭޑްސް ބަލީގެ ޝިކާރަވެރި އެކެވެ. ޝާނާގެ އޮތީ ކޮން ކުށެއް ހެއްޔެވެ.

މަޖްބޫރު ދުނިޔެއިން ޝާނާގެ ހިތުގައި ސުވާލުތައް އުފެދެމުން ދިޔަ އެވެ. ފިރިމީހާ ހޯދުމަށް އޭނާއަށް ހިތްވަރެއް ނުލިބުނެވެ. ނަމަވެސް ހޮސްޕިޓަލުށް ދޭންޖެހޭ މައުލޫމާތަށް ފިރިމީހާގެ ނަން ދޭން މަޖުބޫރުވި އެވެ. އެއީ ކެހިވެރިއެކެވެ. ގެސްޓުންނާއެކު ދުނިޔޭގެ އުފަލުގައި ޣަރަގުވެފައި ހުރި މީހެކެވެ. އޭނާވީ މާ ދުރުގައެވެ... މާ ދުރުގަ އެވެ... ގައުމުން ބޭރުގައެވެ. އަޖްވަދު ޝާނާ ދޫކޮށްފައި އެދިޔައީ، މުޅި އުމުރަށް އެކަނިވެރި ބަލި ހަޔާތަށް ނިކަމެތި ދުނިޔޭގައި އުޅެން ޖައްސާފައެވެ.

30%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
53%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް