ads
މާލޭ ސިޓީ---
މާލެ ސިޓީ އުވާލާ ރަށަކަށް ބަދަލުކުރަން ހުށަހަޅަނީ
މާލޭ ސިޓީ އުވާލާ، މާލެ އަތޮޅުގެ ރަށަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ނިންމައިފި އެވެ.
Advertisement

"ސީއެންއެމް" އާއި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، މާލޭއަށް ލިބިފައިވާ "ސިޓީ"ގެ ދަރަޖަ އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ މާލޭ އަކީ ސިޓީގެ ދަރަޖަ ލިބިފައިވާ ރަށަކަށްވީނަމަވެސް މާލެ އޮތީ އެ ދަރަޖަ ދޭވަރަށްވުރެ ދަށްކޮށް ކަމަށްވާތީ ކަމަށެވެ. 

އަދި މާލޭ ރައްޔިތުންނަށް އެހެން ތަނަކުން ބިމެއް ލިބުމުގައިވެސް "ސިޓީ"ގެ ލަގަބު ލިބިފައި އޮންނާތީ ހުރަސް އެޅޭ ކަމަށް ވާތީ ސިޓީގެ ދަރަޖަ އުވާލާ، ރަށެއްގެ ލަގަބު ގެނައުމަށްޓަކައި މާލޭ ސިޓީ އުވާލަން ހުށަހަޅަން ނިންމީ ކަމަށް ބޮންޑޭ ވިދާޅުވިއެވެ. 

"ކުރީގަ މާލެގައި ވެއްޖެޔާ މާލޭގައި އޮންނާނެ ކުޑަމާލެ އެއް، ހެންވޭރުކޮޅުގައިވެސް އޮންނާނެ ވަކި ރަށެއް ގޮނޑުދޮށްވެސް އޮވޭ. އެހެންނަމަވެސް އެކަމެއް މިހާރު ނެތް އޭގެ މާ ފަސް މިއީ. އެހެންވީމަ މާލޭ ރައްޔިތުންނަށް ބިންކޮޅެއް މާލެ އަތޮޅުން ލިބެންވެސް އޮތީ މާލޭ ސިޓީ އުވާލައިގެން. މާލޭ ސިޓީ އުވާލުމަށްފަހު އަޅުގަނޑުމެންނަށް ދެން އެކަން ކުރެވެން އަންނަނީ" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ މާލޭ ސިޓީ އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ހުށަހަޅާނެ ކަމަށެވެ. 

އެ ބިލު މަޖިލީހަށް ހުށަހަޅަނީ ސަރުކާރުގެ ފަރާތުން ބޮންޑޭ އެވެ. އެކަމަށް ތާއީދުކުރައްވަނީ މެމްބަރު މުއިއްޒު އެވެ. ބޮންޑޭ ވިދާޅުވީ، މަޖިލީހަށް މި ހަފްތާތެރޭގައި އެ ބިލު ހުށަހަޅާނެ ކަމަށާއި، މާލޭ ރައްޔިތުންގެ ހިޔާލު ނެތްގޮތް ހޯދާއި މާލޭ ސިޓީ އުވާލުމަށް ޕެޓިޝަނެއްގައި ސޮއި ކުރުމަށްޓަކައި މާލޭގައި ދޮރުން ދޮރަށްވެސް ހިންގަވާނެ ކަމަށެވެ. 

"މާލޭ ސިޓީގެ ބައެއް ހުޅުމާލެ އަކީ އެކަމަކު ހުޅުމާލެއިން ގޯޗެއް ދޭން ބަލާއިރު، މި ބުނަނީ މިއީ މާލޭ ސިޓީގެ ބައެއް ނޫނޭ އެއީ ކުންފުންޏެއްގެ ބައެކޭ." ބޮންޑޭ ވިދާޅުވިއެވެ.

މާލޭ ސިޓީ އިން ސިޓީގެ ދަރަޖަ ކަނޑާލައިފިނަމަ، މާލެ ބަދަލުވާނީ މާލޭ އަތޮޅުގެ ރަށަކަށެވެ. ބޮންޑޭ ވިދާޅުވީ އެރުން މާލޭ ސަރަހައްދުގައި އޮތް ހުޅުމާލެއިންވެސް މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެ ކަމަށެވެ.

60%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
16%
ވަރަށް ސަލާމް
ކޮމެންޓްސް