ads
ހޯމް މިނިސްޓަރު އިމްރާން——ފޮޓޯ: ސީއެންްއެމް
ޑްރަގުގެ މަންފާ ލިބޭ ސިޔާސީ މީހުންގެ ނުރައްކާ ވަޒިރަށް!
މަސްތުވާތަކެތީގެ މަންފާލިބޭ ސިޔާސީ މީހުންގެ ނުރައްކާ ނަފްސަށް އެބަ އޮތްކަމަށް ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ފުލުހުން މިއަދު  ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ދައްޗަކީ އޭގެ ވިޔަފާރީން ނަފާ ހޯދަމުންދާ މީހުން އުޅުމާއި، އަދި އޭގެ ތެރޭގައި ބައެއް ސިޔާސީ މީހުން ވެސް އުޅުން ކަމަށް ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ މި ވާހަކަތައް ހާމަކުރައްވަމުންދަނީ އަމިއްލަ ނުރައްކަލަށް ހުށަހެޅި ހުރެގެން ކަމަށާއި  ނަންތައް ހާމަނުކުރިޔަސް އެ މީހުން އެ މަސައްކަތް ތަކުން ދުރުވުމަށް ގޮވާލާ ކަމަށެވެ. މިނިސްޓަރު އިމްރާންވަނީ މިފަދަ މީހުންނާ މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ރަސްމިއްޔާތަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވުން އޮތެވެ. 

އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑެތި އަދަދުތަކާއެކު ހައްޔަރު ކުރެވުނު މީހުން، ޝަރީއަތަށް ދިއުމުގެ ކުރިން ދޫވުމުގެ ފަހަތުގައި ބަޔަކު ހަރަކާތްތެރި ވަމުން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އެމީހުންނާ ހަމައަށް ފޯރުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ އެމީހުން މަސައްކަތް ކުރަނީ މަސްތުވާތަކެތީގެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާއެކުގައި ނުވަތަ އެމީހުންގެ ފަހަތުގައި ކަމަށެވެ. 

މިނިސްޓަރު އިމްރާން ވިދާޅުވީ ޝަރުއީ މަރުހަލާގެތެރެއިން ފުލުހުން ގެންދަންޖެހޭ ހިސާބަށް އެބޭފުޅުން ގެންދާނެ ކަމަށާއި، އެހެންނަމަވެސްބައެއް ވިޔަފާރިވެރިންނާއި، ސިޔާސީ ބައެއް މީހުންގެ އެފަދަ މަސައްކަތްތައް ގައުމަށްޓަކައި ހުއްޓުވަން ޖެހޭ ކަމަށެވެ.

އެހެންނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ހިމާޔަތުގައި ތިބޭ ސިޔާސީ މީހުންގެ ނަންތައް ހާމަ ކުރުމަށް އިމްރާން ވަނީ ދެކޮޅު ހައްދަވާފައެވެ. މިނިސްޓަރު ވިދާޅުވީ އެއީ ފުލުހުންނަށްވެސް އަދި ރައްޔިތުންނަށްވެސް ފާހަގަވެފައިވާ ކަންކަން ކަމަށެވެ. ނޫސްވެރިންނަށް އިޝާރާތް ކުރައްވަމުން އިމްރާން ވިދާޅުވީ އެވާހަކަ ދައްކަންވީ ނޫސްވެރިންކަމަށާއި، އެންމެފަހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވުނު މީހުންނަށް ވިސްނާލުމުން އެއީ ކޮންބައެއްކަން އެނގޭނެ ކަމަށެވެ. 

އެހެންވެ، އެނަންތައް ކިޔަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެއްވެސް ނަމެއް އިމްރާން ވިދާޅެއް ނުވެއެވެ. 

ފާއިތުވީ ތިން އަހަރު ތެރޭގައި 1.8 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައި ވއެވެ. 

އެކަމަށް އަލިއަޅުއްވަމުން އިމްރާން ވިދާޅުވީ އެއީ މަގުމަތީ އުޅޭ ކުޑަ ކުދީން ކޮޅަކަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.

22%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
78%
ވަރަށް ސަލާމް
ކޮމެންޓްސް