ads
މަންތާ އެއާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް
ޒުވާނުންނަށް މަންތާއެއާއިން އަލަށްފަށާ ތަމްރީން ޕްރޮގްރާމް އިފްތިތާހް ކޮށްފި
ވައިގެ ދަތުރު ފަތުރުގެ ސިނާޢަތުގައި ހިމެނޭ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށާއި، ޒުވާނުން މި ދާއިރާއަށް ތައާރަފްކުރުމުގެ މަގްސަދުގައި 18 އަހަރާއި 25 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން މަންތާ އެއާ އިން އަލަށް ފަށާ ތަމްރީން ޕްރޮގްރާމް ނައިބްރައީސް ފައިސަލް ނަސީމް އިފްތިތާހް ކޮށްދެއްވައިފިއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަހަރަކު ދެ ފަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގެ ފުރަތަމަ ބެޗްގައި 10 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި، މި ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ.

މީރުމާ އިވެންޓްސްގައި ކުރިޔަށްގެންދިޔަ މި ހަފްލާގައި ނައިބުރައީސް ވަނީ ވޭތުވެދިޔަ ތިން އަހަރު މަންތާ އެއާ އިން ވަރަށް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވިގޮތުގައި ބަދަލުވަމުން އަންނަ ދުނިޔޭގައި ރާއްޖޭގެ ދަތުރު ފަތުރުގެ ނިޒާމަށް މިވަނީ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެއް އައިސްފައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ސިނާއަތް ފުޅާވަމުންދާ ވަރަކަށް ސިނާއަތަށް ބޭނުންވާނެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ މުހިންމު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން ނައިބު ރައީސް ވަނީ ދިވެހިންނަކީ ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ދެވޭ ފަދަ ގާބިލް މަސައްކަތްތެރި ބަޔަކަށް ވުމަށް އަޒުމް ކަނަޑައަޅައިގެން އެ އަމާޒުގައި މަސައްކަތްކުރާ ބަޔަކަށް ވުމަށް ގޮވައިލައްވާފައެވެ. އަދި، ދުނިޔޭގެ އެހެން ގައުމުތަކުން އެ ދާއިރާއެއްގެ މަސައްކަތް ކުރާ މީހުންގެ އާ ހޯދުންތަކުގެ މައުލޫމާތު ހޯދާ އަބަދުވެސް އާ ކަންކަން ދަސްކުރުމަށް އެމަނިކުފާނު ވަނީ ބާރު އަޅުއްވާފައެވެ.

"މަންތާ ވިންގްސް"ގެ ނަމުގައި ކުރިއަށްގެންދާ، މި އެޕްރެންޓިސްޝިޕް ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން އެމަނިކުފާނު ވަނީ "މަންތާ ވިންގްސް" ގެ ބައިވެރިނަންނަށް ލިޔުން ހަވާލު ކޮށްދެއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް