ads
މެދުޒިޔާރަތުގެ ތެރެއަށް ވަދެ ތިބި ފަތުރުވެރިން: ފޮޓޯ/ މީސްމީޑިއާ
މެދުޒިޔާރަތުގެ ތަޅު ހަލާކޮށްލައިފި
މާލޭގައި ހުންނަ މެދުޒިޔާރަތުގެ ތަޅު ބަޔަކު ހަލާކޮށްލާފައިވާ ކަމަށާއި އެ ތަނުގެ ތެރެއަށް ފަތުރުވެރިން ވަދެ އުޅުނީ ތަޅު ހަލާކުކޮށްފައި ވަނިކޮށް ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފި އެވެ.

ދިވެހިންނަށްވެސް ވަނުން މަނާކޮށްފައިވާ މެދުޒިޔާރަތުގެ ތެރޭގައި ފަތުރުވެރިންތަކެއް ތިބޭ ފޮޓޯތަކެއް މީސްމީޑިއާގައި އާއްމުވެ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ހެރިޓޭޖް މިނިސްޓްރީއަށް އަމާޒުވެފައިވަނިކޮށް އެ މިނިސްޓްރީން ބުނީ، އެތަނުގެ ތެރެއަށް ފަތުރުވެރިން ވަދެ އުޅުނީ މެދުޒިޔާރަތުގެ އިހުގެ ދޮރުގައި ހުރި ތަންޑާއި، ތަޅު ބަޔަކު ހަލާކުކޮށްފައި ވަނިކޮށް ކަމަށެވެ. 

"އެތަނުގެ ތެރޭގައި ފަތުރުވެރިން ތިބި ކަމުގެ ޝަކުވާ ލިބުމާއި އެކު އެތަނަށް ގޮސް އެމީހުން އެތަނުން ނެރެފައި ވާނެ. އެކަން ކުރީ ކޮން ބައެއްކަން ނޭނގޭ،" މިނިސްޓްރީން ބުންޏެ އެވެ.

މެދުޒިޔާރަތަކީ މާލޭގެ އެންމެ ސެކިއުރިޓީ ވަރުގަދަ ސަރަހައްދު ކަމަށްވާ ރިޔާސީ ގަނޑުވަރުކަމަށްވާ މުލިއާގެ އާއި އިންވެގެން ހުންނަ ތަނެއް ކަމަށްވާއިރު، 24 ގަޑިއިރު މުލިއާގޭގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ. 

އެތަނުގެ ތަޅު ހަލާކުކޮށް ބަޔަކު އެތަނުގެ ތެރޭގައި ބަދެ ތިބިއިރު، އެކަން ސިފައިންނަށް ފާހަގަ ކުރެވިފައިނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަން ބޮޑުވުން ފާޅު ކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް