ads
މިއަދުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ
ގައުމުގެ ތަރައްގީގެ ވާހަކަ ދައްކަން ޖެހޭނީ ގައިންތާހިރުވެ ތިބެ: ރައީސް
ގައުމުގެ ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ތޭވީސް ރަށެއްގެ ފެނުގެ ނިޒާމާއި 16 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމު ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްދިނުމުގެ ވައުދުވީ އެމަނިކުފާނު ކަމަށާއި، އެހެން ކަމުން އެވައުދު ފުއްދަވާނެ ކަމަށެވެ. 

މުޅި ދުނިޔެއަށް ދިމާވި ކޮވިޑްގެ ހާލަތުގެ ސަބަބުން ގިނަ ކަންކަން މަޑުޖެހިފައި ވީނަމަވެސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތް ދިނުމަށް ކޮވިޑް ބަހަނާއަކަށް ނަހައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ތަރައްގީގެ ވާހަކަ ދައްކަން ފުރަތަމަ ފަށަން ޖެހޭނީ ވެސް ގައިން ތާހިރުވެގެން ތިބެ ކަމަށާއި، މިއަދު ސޮއި ކުރެވިގެން މިދިޔައީ މުހިއްމު އެއްބަސްވުން ތަކެއްގައި ކަމަށެވެ. 

"ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެ. މުޅިރާއްޖޭގައި ފެނާ ނަރުދަމާ އަޅާ ނިންމުމުގެ މިބުރަ މަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިހްލާސްތެރި ޝުކުރެއް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރު ތަކުން ރާއްޖޭގެ ބައެއް ރައްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކޮށްފައިނުވުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ބުރަތަކެއް ކުރިމަތިވެވަޑައިގަންނަވާނެ ކަމަށާއި، އެހެން ނަމަވެސް މިކަން ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ. 

"އެ ސަރުކާރުތަކުން އެކަން ކުރައްވާފައިނުވި ނަމަ ބާކީ މުޅިރާއްޖެ އެކުއެކީ، އެއްފަހަރާ ނިންމާލުމަށް ކޮންމެވެސް ވަރެއްގެ އިތުރު ތަކުލީފެއް އަޅުގަނޑުމެން އުފުލާން ޖެހުނީސް. ސުމަކުން ފަށަން ޖެހުނު ނަމަވެސް މިކަމަކީ އަޅުގަނޑު ދޫކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ. 

މިއަދު ސޮއި ކުރެވިގެން މިދިޔަ އެއްބަސްވުންތަކާއި އެކި މުޅި ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތުގެ މަޝްރޫއުތަކުގައި މިހާރު ވަނީ ސޮއި ކުރެވިފައިކަން ސަރުކާރުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް