ads
އަނާރާ ނައީމް--
އަނާރާ އަދާލަތު ޕާޓީ އިން ވަކި ވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު ކަން ކުރެއްވި ޑރ. އަނާރާ ނައީމް އަދާލަތު ޕާޓީއިން ވަކިވެވަޑައިގެންފި އެވެ.

އަނާރާ އަދާލަތު ޕާޓީން ވަކިކޮށްދިނުމަށް އެދި އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފޮނުވި ސިޓީ ވަނީ މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ. 

އަދާލަތު ޕާޓީން ވަކިކޮށްދިނުމަށް އެދި އަނާރާ ފޮނުއްވި ސިޓީގައި ވަކިވާން ބޭނުންވާ ސަބަބު ހާމަކޮށްފައި ނުވެއެވެ. އެސިޓީގައި ބުނެފައިވަނީ، އޭނާއަށް އަދާލަތު ޕާޓީގެ އިސްވެރިންނާއި މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. 

މީގެ ކުރިން އެޕާޓީގެ އިސް ސަފުން ފެނުނު ޝިދާތާ ޝަރީފްވެސް ވަނީ އެޕާޓީ ދޫކޮށް އެމްއެންޕީ އާއި ގުޅިފައެވެ. 

އަދާލަތު ޕާޓީން އަނާރާ ވަކިވެވަޑައިގެންވުމަށް ނިންމާފައި ވާއިރު، އޭނާ އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. 

އަނާރާ އަކީ މިހާތަނަށް އަދާލަތު ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ތަމްސީލު ކުރެއްވި ހަމަ އެކަނި މެމްބަރު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް