ads
މ.ކޮޅުފުށި
މަކަރާ ހީލަތުން ފައިސާ ހޯދުމަށް ގުޅާ ފަރާތްތަކަން ސަމާލުވުމަށް ސެޝަނެއް ހިންގައިފި
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި އަދި އެފަދަ ކަންކަމުން ރައްކާތެރިވެ ތިބުމަށް ސެޝަނެއް ހިންގައިފިއެވެ.

މ. ކޮޅުފުށި ހެލްތު ސެންޓަރުގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔައީ އެރަށު ޕޮލިސް ސްޓޭޝަނުންނެވެ.

މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސް ކުރިއެވެ. އަދި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މީސް މީޑިއާ މެދުވެރިކޮށް ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރި ނުވުމަށާއި، ކޭޝްކާޑާއި ބޭންކު އެކައުންޓުގެ މައުލޫމާތު އެހެން މީހުންނާ ހިއްސާ ނުކުރުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ. އަދި ސޯޝަލް މީޑިއާ ޕޯސްޓެއް، އެއްޗެއް ޝެއާ ކުރާއިރު އެއީ ރަނގަޅު އެއްޗެއްތޯ ބެލުމަށްފަހު ހިއްސާކުރުމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

ކޮޅުފުށި ހެލްތު ސެންޓަރުގައި ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، އެ ސެންޓަރުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ހިނެމޭހެން ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް