ads
މިނިސްޓަރު އަމީރު
ދުނިޔެއިން އެންމެ ބާރަށް ކުރިއަރާ 5 ގައުމުތެރޭ ރާއްޖެ ހިމެނޭ: މިނިސްޓްރު އަމީރު
މުޅިދުނިޔެއިން އެންމެ ބާރަށް ކުިރިއަރާ 5 ގައުމުތެރޭ ރާއްޖެ ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަ ފުޅު ދައްކަވަމުން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ވާރލްޑް އިކޮނޮމިކް އައުޓްލުކްގެ ތަފާސްހިސާބުތަކަށް ހަވާލާ ދެއްވައި މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރަށް ކުރިއަރާ 5 ގައުމުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެ ފައެވެ.

އަމީރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާ، އިގުތިސާދު ހިފަހައްޓާ ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ މިހާރު މިވަނީ ފެންނަން ފަށާފައި ކަމަށާއި، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން ކޮވިޑް ވެކްސިނޭޝަންގައި ރާއްޖެ މިވަނީ މުޅި ދުނިޔެއަށް މިސާލުދައްކާފައި ކަމަށެވެ.  

"މީގެ ނަތީޖާއަކީ ރާއްޖޭގައި ކޮވިޑް ގެ ބަލިމަޑުކަން ފެތުރޭ މިންވަރު އަވަހަށް ކޮންޓްރޯލް ކުރެވުން. އަދި މިއާ ގުޅިގެން އިގުތިސާދު މިވަނީ ބާރަށް ކުރިއަރަންފަށާފަ. މީގެ 2 ދުވަސް ކުރިން އަޅުގަނޑުމެން މަރުހަބާކީ މި އަހަރުގެ 1.3 މިލިއަން ވަނަ ފަތުރުވެރިޔާއަށް" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިއާއެކު މި އަހަރުގެ އެންމެ އޮޕްޓިމިސްޓިކް ޓޫރިސްޓް އެރައިވަލް އަންދާޒާގެ އަމާޒަށް އަޅުގަނޑުމެންނަށް މިވަނީ ވާސިލުވެވިފައި ކަމަށާއި، 2022 ވަނަ އަހަރަށް ބަޖެޓު ތައްޔާރުކުރިއިރު 2021 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 31.6 އިންސައްތައިން ކުރިއަރާނެކަމަށް ބެލެވުނު ނަމަވެސް، މި ލިބެމުންދާ ބޮޑެތި ކުރިއެރުންތަކާއެކު މިހާރު އަންދާޒާކުރެވެނީ މި އަހަރު އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުންނާނީ 38.5 އިންސައްތައާ ކައިރީގައި ކަމަށެވެ. 

މި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް އެންމެ ފުރަތަމަ ދުވަހު ފަށައިގަނެފައިވާކަމަށައި، މިގޮތުން، 2019 ވަނަ އަހަރު ވެގެންދިޔައީ ގިނަ ކަންކަން ހާސިލުކުރެވުނު އަހަރަކަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

2014 ވަނަ އަހަރާ 2018 ވަނަ އަހަރާ ދެމެދު އެވްރެޖްކޮށް އިގުތިސާދީ ދުވެލި 6.4 އިންސައްތައިގައި ހުރުމަށްފަހު، 2019 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ވަނީ 6.9 އިންސައްތައިން ކުރިއަރާފައި ކަމަށާއި، އެ އަހަރު ރެކޯޑު 1.7 މިލިއަން ފަތުރުވެރިންނަށް އަޅުގަނޑުމެން މަރުހަބާ ކީއިރު، ފަތުރުވެރިކަމުގެ ސިނާއަތް ވަނީ 13.2 އިންސައްތައިން ކުރިއަރާފައި ކަމަށް އަމީރު ވިދާޅުވިއެވެ.  މިއީ 2006 ވަނަ އަހަރުގެ ފަހުން އެ ސިނާއަތް އެންމެ ބާރަށް ކުރިއެރި އަހަރުކަންވެސް މިނިސްޓަރުވަނީ ފާހަގަ ކުރައްވާފައެވެ.

އަމީރު ވިދާޅުވީ މަސައްކަތް ބައްޓަންކުރީ ރޭވުންތެރިކަމާއެކު ކަމަށާއި، މިގޮތުން މި 5 އަހަރު ކަންކަން ކުރާނެ މަގު ކުރެހީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ގައި، އަދި ފަހި އިގުތިސާދެއްގެ މޯހިރުގައި 2019 ވަނަ އަހަރު ދައުލަތުގެ އާމްދަނީވެސް ދިޔައީ އިތުރުވަމުން ކަމަށެވެ. 

މިއާއެކު  ފެށީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ހިންގާފައިނުވާވަރުގެ ބޮޑު ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމެއް ކަމަށާއި، އަމާޒަކަށްވީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ޢުމްރާނީ ތަރައްގީ ގެނައުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

 ކުރީގެ ސަރުކާރުތަކުން ވެފައިހުރި އިހުމާލުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މެދުގައި އުފެދިފައިހުރި ތަފާތުތައް ކުޑަކުރެވުނު ކަމަށާއި، މި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ގެ ތެރެއިން ކުރަން ރޭވި އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން ކަމަށްވެސް އަމީރު ވިދާޅުވިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް