ads
ފުރަތަމަ ކޮޑެއަށް ފަތުތުވެރިންގެ އިސްތިގްބާލްގައި ނައިބުރައީސް
ފުރަތަމަ ފަތުރުވެރިޔާއާއެކު ކޮނޑޭ އުފަލުން ފޮޅިފައި،އުންމީދަކީ ހާސްކަމެއްނެތް ދިރިއުޅުމެއް
ގއ. ކޮނޑޭ ކައުންސިލުން އަބަދުވެސް އުންމީދު ކުރަމުން އަންނަނީ ރަށުގެ ރައްޔިތުންނަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. ތަނަވަސް ކަމެއް ރަށުގެ ރައްޔިތުންނަށް ހޯދައިދިނުމެވެ. އެމަސައްކަތްތައް މިހާރުވެސް އެ ކައުންސިލުން ދަނީ ކުރަމުންނެވެ. އެކަމަށްޓަކައި ތަފާތު އެތައް ކަމެއް އަންނަނީ ކުރަމުންނެވެ. ގެސްޓް ހައުސް ވިޔަފާރައަކީ އޭގެ އެއްބައެވެ.
Advertisement

އެހެންކަމުން  ކޮނޑޭއަށް މިއަދު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއާ އާއެކު ކައުންސިލުން ކުރާ އެންމެ ބޮޑު އުންމީދަކީ ކޮނޑޭގެ ލޯކަލް ޓޫރިޒަމް ފުޅާވެން ދާނެކަމުގެ އުންމީދެވެ. 

އެރަށުގެ "ސަންކޮރަލް މޯލްޑިވްސް،" ގެސްޓް ހައުސް އަށް މިއަދު ވަނީ ފުރަތަމަ ގެސްޓް ޒިޔާރަތް ކޮށްފައެވެ. ކޮނޑޭ ގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް އަށް ފުރަތަމަ ފަތުރުވެރިއާ ޒިޔާރަތް ކޮށްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައިކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.  

your imageފުރަތަމަ ކޮނޑޭ އަށް އައި ފަަތުރުވެރިންނަށް މަރުހަބާ ދެއްނެވުމުގެ ތެރެއިން

މިއަދު މެންދުރު ފަހު ވަގުތެއްގައި ކޮނޑޭއަށް ޒިޔާރަތް ކުރި ފަތުރުވެރިޔާ، އެރަށުގައި މަޑުކުރާނީ ފަސް ވަރަކަށްދުވަހަށެވެ.

ކައުންސިލުން ބުނީ މިހާރުވެސް ގެސްޓްހައުސް ހިންގުމަށް ބިން ބޭނުންވެގެން އެދިފައިވާ ކަމަށެވެ. މީހުންގެ ޝައުރުވެރިކަން ގެސްޓް ހައުސް ހިންގުމަށް ހުރުމާއެކު ކައުންސިލުން ދަނީ އެކަން ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

your imageފުރަތަމަ ފަތުރުވެރިޔާއަށް ކޮނޑޭއިން މަރުހަބާ ކިއުން

"މިހާރުވެސް ގިނަ ގެސްޓް ހައުސްތަކަށް މީހުން ކައުންސިލްގައި އެދިފައިވޭ" ކައުންސިލްގެ ނައިބް ރައީސް ވިދާޅުވިއެވެ.

ކޮނޑޭ ކައުންސިލުން ބުނެފައި ވަނީ ކޮންމެ ކައުންސިލަކަށްވެސް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ތާށިކަން ކަމަށެވެ. އަމިއްލައަށް ހިންގުމަށް ފުރުސަތު ލިބުމުން އެމައްސަލަ ހައްލު ވެގެން ދާނެ ކަމަށްވެސް އެކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ކުރިއަަށް އޮތްތާގައި ޓޫރިޒަމަށް ބިންތައް ދޫކުރަން ފަށާނެ ކަމަށާއި ގެސްޓްހައުސްގެ ވިޔަފާރި ފުޅާކުރުމަށް ވެސް ކައުންސިލްގެ ޕްލޭން ގައި ހިމަނާފައިވާނެ ކަމަށެވެ. އޭރުން ބަޖެޓުގެ ދަތިކަން ހައްލު ކުރެވި ރަށަށް ބޭނުންވާ ކަންކަން ފުރިހަމަ ވެގެން ދާނެ ކަމަށް އެކައުންސިލުން ބުނެއެވެ.

your imageމިއަދު އަލަށް އައި ފަތުރުވެރިއާ އަށް މަރުހަބާދެއްނެވުމުގެ ތެރެއިން، ކޮނޑޭގެ ހަރު އުމުރުގެ މީހުން

ކޮނޑޭ، ގެސްޓުންނަށް ހުޅުވިގެންދާއިރު ހުވަދުއަތޮޅަކީ ކަނޑުއަޑީގެ ރީތި މަންޒަރު ތަކެއް އެކުލެވިގެންވާ ތަނެކެވެ. ކޮނޑޭއާއި މިހާރު ފަޅުރަށަކަށް ހަދާފައިވާ އެއަތޮޅުގެ ދިޔަދޫގައި އާ ދެމެދު ރީތި މަންޒަރުތައް ހިމެނޭ ތަންތަން އެބަހުރި ކަމަށް "ސަންކްރޯލް މޯލްޑިވްސް،" ގެސްޓް ހައުސްގެ ހިންގާ ފަރާތުން ބުނެއެވެ. އެހެންކަމުން ގެސްޓު ވިޔަފާރީގެ އުންމީދީ ކުރިމަގެއް އޮތްކަމަށް އެފަރާތުން ދެކެއެވެ. 

ވ އަތޮޅު ތިނަދޫ އަކީވެސް އާބާދީ މަދު އެހެންނަމަވެސް ޓޫރިޒަމްގެ ނަފާ ލިބިގެން ތަނަވަސްކޮށް މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ރަށުގައި ޓޫރިޒަމްގެ ހަރަކާތްތައް ފެށިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހުކޮޅުއެވެ. އޭރު އެކަމަށް ވަކި ގަވާއިދެއް ހެދިފައި ނެތަސް ރަށުގެ މީހަކު އެކަން ކުރީ އާމްދަނީ ހޯދުމަށެވެ. ފަހުން ރައީސް ނަޝީދު އެރަށަށް ވަޑައިގެން އެކަން ގަވައިދެއްގެ ތެރެއިން ކުރެވޭނެ ކަމުގެ ހިތްވަރު ދެއްވިކަމަށް ކައުންސިލް ރައީސް ރައީސް ޝިފާގު ހުސައިން ވިދާޅުވިއެވެ. އެ އުންމީދުގައި މިއަދު ކުލަޖެހިފައިވާތީ ރަށުގެ އެންމެންހެން ތިބީ އުފަލުންނެވެ.

your imageކޮނޑޭގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް

ނިސްބަތުން މީރާއަށް އެންމެ ބޮޑު އަދަދެއް ވައްދާ އެއްރަށަކަށް އެރަށް ވާނެ ކަމަށާއި އެހެން ނަމަވެސް އެރަށާމެދު ސަރުކާރުން މާބޮޑު އަހައްމިއްޔަތެއް ނުދޭކަމަށް ޝިފާގު ވިދާޅުވިއެވެ.

އެކަމަކު ޝިފާގު ވިދާޅުވީ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު މިހާރު ގެސްޓްހައުސް ހިންގާ ފަރާތްތަކުން ކޮންމެވެސް މިންވަރެއް ނަގަން ނިމިފައިވާކަމަށެވެ. އޭނާ ފާހަގަ ކުރެއްވިގޮތުގައި ސަރުކާރުން ބޮޑެތި ކަންކަން ކޮންމެހެން ކޮށްދިނުމަށް އެރަށަކުން ނޭދެއެވެ. އެރަށަށް މާބޮޑު ހަރަދުތަކެއް ނުކުރިއަސް މެނޭޖް ކުރެވޭނެއެވެ. ރަށަށް އެވަރުގެ އާމްދަނީއެއްލިބެއެވެ.

"10 ވަރަކަށް 15 ވަރަކަށް މިލިޔަން ރުފިޔާ ކޮންމެ އަހަރަކު މިރަށުގެ ވިޔަފާރިވެރިން މީރާ އަށް ދައްކާ. މިފަދަ ކުޑައާބާދީ އަކަށް ބަލާފައި ނިސްބަތުން އެންމެ ގިނަ އަދަދަކަށް މީރާއަށް ފައިސާ ދައްކާ އެއް ބަޔަކަށް އަޅުގަނޑުމެންވާނެ،" ޝިފާގު ވިދާޅުވިއެވެ.

ރަށުގައި ހުރި ހަ ގެސްޓު ހައުސްގައި 450 މީހުންނަށް ބަރާބަރަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވެއެވެ.

ކޮނޑޭ ކައުންސިލްގެ ވިސްނުންވެސް ހުރީ އެފަދަ ގޮތަކަށެވެ. އެރަށުގެ ކަންކަން އެރަށުން އަމިއްލައަށް ނިންމޭ ވަރަށް ފުދުންތެރިކަން އިތުރު ކުރުމަށެވެ. ހާސްކަމެއްނެތް ދިރިއުޅުމަކަށްޓަކައެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް