ads
ރ މީދޫ ޒުވާނުން ޓާފްދަނޑު ހެދުން ލަސަވާތީ ކުރިން ކުރި މުޒާހަރާއެއްގައި
ޒުވާނުންގެ ޕްރެޝަރު ބޮޑުވެ ރ މީދޫ ފުޓްބޯޅަދަނޑުގެ މަސައްކަތް ފަށައިފި
ޒުވާނުންގެ ޕްރެޝަރު ބޮޑުވެ މީދޫ ޓާފް ދަނޑުގެ މަސައްކަތް ފެށިގެން ކުރިއަށް ދާ ކަމަށް އެރަށު ޒުވާނުން ބުނެފިއެވެ.
Advertisement

މީދޫ ޓާފް ދަނޑުގެ މަސައްކަތް ސަރުކާރުން ކުރިއަށް ނުގެންދާ ނަމަ އެދަނޑުގައި މިރުސް އިންދައިގެން ނަފާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މީގެ ކުރިން އެރަށުގެ ޒުވާނުން ބުނެފައެވެ.  

އެހެންނަމަވެސް މިހާރު އެރަށު ދަނޑުގެ މަސައްކަތް ކުރިއަށްދާތާ ތިން ހަފްތާ ވެފައިވާކަމަށް ކައުންސިލުން ބުނެއެވެ. 

"ދިގުލައިގެން ގޮސް ދަނޑުގެ މަސައްކަތް ނުނިމި އަހަރެއްހާ ދުވަސް ފާއިތުވެފައިވަނީ. އެކަމަކު މިހާރު ވަށާ ފާރު ރޭނުމުގެ މަސައްކަތް ފަށާފައިވާތާ ތިން ހަފްތާ ވަރު ވެދާނެ " ކައުންސިލް ރައީސް ހަސަން ރަޝީދު ވިދާޅުވިއެވެ.

މީދޫ ދަނޑަކީ 2020 ވަނައަހަރުގެ އޮކްޓޫބަރު މަހުގެތެރޭ އާރުޑީސީ އާ ހަވާލުކޮށް ޖުމްލަ 50 ދުވަހުގެތެރޭ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ ޕްރޮޖެކްޓެ ކެވެ.

އެ ރަށު ޒުވާނެއްކަމަށްވާ އަބްދުލް ބާސިތު ރަޝީދު ސީއެންއެމް އަށް ވާހަކަ ދައްކަމުން ބުނީ އެދަނޑުގައި އެއްވެސް މަސައްކަތެއް  ކުރިން ކޮށްފައި ނުވާ ކަމަށާއި، އެހާ ގިނަ ދުވަސްތަކެއް ވެފައިވާތީ މިރުސްގަސްތައް އިންދުމުގެ މަސައްކަތް އޭރު ކުރި ކަމަށެވެ.

"އަޅުގަޑުމެންނަށް ގަބޫލް ކުރެވެނީ، އޭރު ދަނޑުގެ މަސައްކަތް ނިންމަން ޒުވާނުން ނުކުމެ ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުން ވެގެން އިހުތިޖާޖްވެސް ކުރުމުގެ ސަބަބުން ކަމަށް، މަސައްކަތް ފެށިގެން ކުރިއަށް މި ދަނީ. އެކަމަކު އަދިވެސް ސަބްބޭސް ހެދުމުގެ ވިސްނުމެއްނެތް. ހަމައެކަނި ވަށާ ފާރު ރޭނުމުގެ މަސައްކަތް އެކަނި ކުރަމުން ދަނީ. ސަބްބޭސް ހެދިގެން ޓާފް އަޅާ އެތަނުގައި ކުޅެވޭވަރު ވާނީ" ބާސިތު ބުންޏެވެ. 

އެރަށުގެ ޒުވާނުން ބުނާގޮތުން ފުޓްބޯޅަ ދަނޑުގެ މަސައްކަތް ސަރުކާރުން ކުރަމުން ދަނީ ވަރަށް ފަރުވާ ކުޑަކޮށް ކަމަށެވެ. 50 ދުވަހުގެ ތެރޭގައި ހަދަން ހަވާލުކޮށްފައި އޮތް ދަނޑުގެ މަސައްކަތް ނުކުރެވި ގިނަދުވަސްތަކެއް ވުމުގެ ސަބަބުން  ނޫސް ތަކުގައާއި ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފައި ވެއެވެ.

މިހާރު އެރަށުގެ ޒުވާނުން ފުޓްބޯޅަ ކުޅެމުން ދަނީ ކުރިން ސުކޫލް ހުޅަގު ފަރާތުގައި އޮންނަ، ވެލި ދަނޑެއްގައި ކަމަށް ޒުވާނުން ބުނެއެވެ.    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް